ވިހަ ސަމާސާ - Bodufoshi

އިޝްތިހާރު

ވިހަ ސަމާސާހެނދުނު ހޭލެވުނީ ހަތެއް ޖަހަނިކޮށެވެ. ފެ ންވަރައިގެން ކޮޓަރިން ނިކުތްއިރު އަންހެނުން ބަދިގެ ދޮށުގައި އުޅެފައި ކޮޓަރިއަށް އަންނަނިއްޔެވެ.އަހަރެން އުޅުނީ ގުޑްމޯރނިންގ އޭ ބުނެ އޭނާގެ ގައިގައި ކުޑަކޮށް ބައްދައިލާށެވެ. ނަމަވެސް އަހަރެންގެ ހަރަކާތަށް ހުއްޓުމެއް އައިސް ކުއްލިއަކަށް ގުދުވެ ބަ ނޑުގައި ބާރަށް ހިފާއްޓައިގެން ތިރިވެވުނެވެ. އަދި މެދުކެނޑުމެއް ނެތި ކެއްސަން ފެށުނެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އަހަރެން އަންހެނުންނަށް ބަލައިލީ އެހީވެދޭށޭ ބުނުމަށެވެ. ނަމަވެސް އޭނާ އަޅާވެސް ނުލިއެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއަހަރެންގެ ވޮލެޓާއި ސައިކަލު ތަޅުދަނޑި ހިފައިގެން އައެވެ. އަހަރެން އޭރު އިނީ މުށިތަކުގެ މަތީގައި ކަކޫ ޖަހައިގެން ބަ ނޑުގައި ހިފާއްޓައިގެންނެވެ.

'' ހޫން! މިޔޮއްކަމެއްދޯ؟ އެހެރަ އޮފީހަށް ދާ ގަޑި ކައިރިވަނީ. އާދޭ އަވަހަށް ސައި ބޯން.'' ސަމާގެ މި ބަސްކޮޅުން އަހަންނަށް ލިބުނީ
ހައިރާން ކަމެވެ.

''ކިހިނެއް ސަމާއަށް އެނގުނީ'' ތެދުވަމުން އަހަރެން އަހާލީމެވެ.

'' ތިދެން ނޭންގޭ ވަރު ކަމެއްތަ؟ ކޮންމެ އަހަރަކު އެއްގޮތެއް ތިހަދަނީ؟ އިނދެގެން މިހާ ދުވަސް ވީއިރު އިނގޭނެ ދޯ؟ އެ ހުރީ ކަލަންޑަރު.
ރަތްކޮށް ބޮޑު އަކުރުން އޭޕްރިލް ފޫލް އޭ ލިޔުނީ އަހަރެން ވިއްޔަ." ސަމާ ފައްޗަކަށް އަމުނާލިއެވެ.

"އާން އޯކޭއޭ!" މިފަހަރު އޭނާ ދެރަކޮށްލާނަމެވެ. ކުރާނީ ހީވެސް ނުކުރާކަހަލަ ކަމެކެވެ. މި ވަރުން އަދި ދުލެއް ނުކުރާނަމެވެ.

"ކޮންމެވެސް ޚިޔާލެއްދީބަލަ!" އަހަރެން ހުރީ އެންމެ ގާތް ދެ އެކުވެ ރިންނާއެކު މެންދުރު ކެއުމަށް ގޮހެވެ.

" އެބަ އޮތް މޮޅުގޮތެއް. ހިނގާ އޭނާއަށް ގުޅާފަ ބުނަން ޖަވާދު އެހެން ބިޓެއް ގޮވައިގެން އުޅެޔޭ." މުޝްރިފް ޚިޔާލު ދިނެވެ.

"ހަމައެކަނި ތިވަރުން ނުވާނެ. އެއީ މަގޭ އަންހެނުންނޭ! އޭނާ ޤަބޫލެއް ނުކުރާނެ ތިހީކުރާހާ ފަސޭހައިންނެއް."
"އެކަން އެކަންޏެއް ނޫނޭ! އަޑު އަހާބަލަ ދޯ މުޅިވާހަކަ އެއްކޮށް. މިހާރު ހަދަންވީ ގޮތަކީ......." މުޝްރިފް ދިޔައީ އޭނާގެ މޮޅު ރޭވުން
ކިޔައިދެމުންނެވެ.

" ބުނަންތަ ވާހަކައެއް؟ މަށަށް ހީވަނީ ތި އެންމެ ފަހުން އަތަށް ގޮވާނީހެން. އެންމެ ފަހުން ތި ސަމާސާ ވިހަވާނީ." އަހުމަދުގެ ޚިޔާލަށް
އެއްވެސް ވިސްނުމެއްނެތި ރޭވުމާ އެއްގޮތަށް މަސައްކަތް ކުރަން އަހަރެން ނިންމީމެވެ.

އަހަރެންގެ މަސައްކަތަކީ އޮފީހުގައި އުޅޭ އަންހެން ކުއްޖެއް ގޮވައިގެން އާރޓިފިޝަލް ބީޗަށް މިއަދު ހަވީރު ދިޔުމެވެ. އޭގެ ކުރިން އަހަރެން އަންހެނުންނަށް ގުޅާފައި ގެއަށް ދެވޭނީ މިރޭ ކަމަށް ބުނީމެވެ. އެއީ އޮފީހުގެ މަސައްކަތްތަކެއް ނިންމަން ޖެހިފައި ހުރީމަ ކަމަށްވެސް ބުނީމެވެ.
ހަވީރު ފަހެއް ޖެހި އިރު އަހަރެން ހުރީ ވަފާ ގޮވައިގެން އާރޓިފިޝަލް ބީޗުގައި ހުންނަ އައްޓެއް މަތީގައެވެ. ވަފާ އިނީ އަހަރެންގެ
ކޮނޑުގައި ބޯއަޅާލައިގެންނެވެ. އަހަ ރެން އިނީ މޫދަށް ކުރިމަތިވާގޮތަށް އިށީ ންދެގެންނެވެ. ވަފާ އިނީ އެއްގަމަށް ކުރިމަތިވާ ގޮތަށް
އިށީންގެދެންނެވެ. އޭނާއަށް ވާނީ އަހަރެންގެ އަންހެނުންގެ ފޮޓޮއެއް ދައްކާފައެވެ. ވަފާއަކީ އަލަށް އޮފީ ހަށް ވަން ކުއްޖެކެވެ. ވީމާ އަހަރެންގެ އަންހެނުންނަކަށް އަދި ވަފާއެއް ނޭންގޭނެއެވެ. ވަފާގެ މަސައްކަތަކީ އަހަރެންގެ އަންހެނުން ފެނުމުން އޭނާގެ ހަރަކާތްތަށް ހުރިނެތް ގޮތް އަހަންނަށް ކިޔާދިނުމެވެ. ވަފާ މިވާހަކަތަށް ކިޔާދޭއިރު ދުރުގައި ހުރި މީހަކަށް މަންޒަރު ފެންނަމުން ދާނީ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާ ވަރަށް ލޯބިން ވާހަކަދައްކާ މަންޒަރެވެ.

މާގިނައިރު އިންތިޒާރު ކު ރާކަށް ނުޖެހުނެވެ. ދަރިފުޅު ގޮވައިގެން ސަމާ އައި ވާހަކަ ވަފާ ބުނެފިއެވެ. ހެނދުނުއްސުރެ އަންހެނުންނާއި
ދަރިފުޅު ނުފެންނާތީ ފަހަތް ބަލާނުލާ އަހަރެންނަށް ކެތްވަނީ ކިރިޔާއެވެ. ކުޑައިރުކޮޅެއް ތެރޭ ވަފާ ދިން ޚަބަރަކީ ސަމާއަށް އަހަރުމެން
ފެނިގެން މަޑު މަޑުން އަހަރުމެންނާ ގާތަށް އަންނަ ޚަބަރެވެ. ވަފާ ވާހަކަ ދައްކަމުން ދިޔައިރު އަހަރެންގެ ކަންފަތް ކައިރީ ހުރި އިސްތަށިތަކާ ކުޅެމުން ދިޔައެވެ.

އަހަރުމެން ކަ ނޑައަޅާފައިވާ މިންވަރަށް ކައިރިއަށް ސަމާ އައުމުން އެތަނުން ދާން އަހަރުމެން ދެމީހުންވެސް ތެދުވީމެވެ. އަހަރެން ތެދުވެ
އެނބުރެލީ ސަމާއަށް ވަރަށް ރަނގަޅަށް އަހަރެންގެ މޫނު ފެންނާނޭ ގޮތަށެވެ. ނަމަވެސް އޭނާ ހުރިކަމަށް ވަފާ ބުނި ދިމާ ބަލާވެސް ނުލަމެވެ. އަދި ވަރަށް ލޯބިން ވަފާގެ ދެއަތުގައި ހިފާ އަހަރެންގެ މޫނުގައި ޖައްސާލީމެވެ. ވަފާގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހުރީ ހަމަ ކިރިޔާކަން އަހަންނަށް އެނގެއެވެ. ކުޑަ ސިކުންތުކޮޅަކު މިހެން ހުރެފައި އަހަރެންމެން ގޮސް ސައިކަލަށް އެރީމެވެ. މިމަންޒަރު ބަލަން ސަމާ ހުރިކަން އަހަންނަށް އެނގެއެވެ. ދެރަވެފައިކަން ޔަގީނެވެ. އަހަރެންގެ ހިތަށް ވެސް ކޮންމެވެސް ވަރަކަށް ތަދުވާހެން ހީވެއެވެ. ވަފާ ސައިކަލަށް އަރައި އަހަރެންގެ ގައިގައި އޮޅުލައި ގަތުމުން ސައިކަލު ދުއްވައިލީމެވެ.

އެވަގުތު އޮފީހުގެ އެހެން އަންހެން ކުއްޖަކު ސަމާއަށް ގުޅާނެކަން އަހަންނަށް އެނގެއެވެ. އެއީ އަހަންނާއެކު އެދިޔައީ އަހަރެންގެ ލޯބިވެރިޔާ ކަމާއި އަހަރުމެން ވަރަށް އަވަހަށް އިންނާނެ ވާހަކަ ސަމާ ގާތު ބުނުމަށެވެ. އަދި ވަރަށް އަވަހަށް ސަމާ ވަރިކު ރާނެ ވާހަކަވެސް ބުނުމަށެވެ. މެންދުރުވެސް އޭނާ ލައްވާ ސަމާއަށް ގުޅީމެވެ. އޭނާއަކީ ސަމާ ދަންނަ، ރަހުމަތްތެރި ކުއްޖަކަށް ވުމުން އޭނާގެ ބަސް ޤަބޫލު ކުރާނެކަން އަހަންނަށް ވަރަށް ޔަޤީން ވިއެވެ. މެންދުރު ސަމާ ގާތު ބުނަން އަހަރެން ބުނީ އަހަރެން ވަގު ލޯބިވެރިޔެއް ގެންގުޅޭތާ ދެތިން މަސްވެއްޖެ  ކަމަށާއި އޭނާއަށް އެކަން ބުނަން ނުކެރިފައި އޮތީ ކަމަށެވެ. އަދި އަހަރެން މިއަދު އޮފީހުގައި ލަސްވާނެ ކަމަށް ބުނެ ދޮގު ހެދީކަމަށާއި، ލޯބިވެރިޔާ ގޮވައިގެން ކޮންމެ ދުވަހަކުވެސް އާރޓިފިޝަލް ބީޗަށް ދާނެ ކަމަށެވެ.

އަހަރެން ރޭގަ ނޑު ގެއަށް ދިޔައީ އަށެއްޖަހާ ބޮޑުވިފަހުންނެވެ. އޭރު ސަމާ އިނީ ކާން ހަދައިގެން އަހަރެންގެ އިންތިޒާރުގައެވެ. އޭނާގެ
ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ސަމާ ފެނުމުން އަހަރެންގެ ހިތް ރޯލިއެވެ. މިކުރެވުނީ އެކަށީ ގެން ނުވާވަރު ބޮޑު ކަމެކޭވެސް ހީވިއެވެ.

" ޖަވާދު. އާދޭ ކާން" އޭނާ އަހަރެންނަށް 'ޖަވާ' ނުކިޔާ ޖަވާދު ކީ ގޮތުންވެސް އޭނާ އެހުރީ ހިތްހަމަ ނުޖެހިފަކަން އެނގެއެވެ. ކިޔަމަންތެރި
ކުޑަ ކުއްޖަކުހެން ގޮސް އަހަރެން ކާންފެށީމެވެ. ކައި ނިންމައިގެން އަތްދޮންނަން ހުއްޓައި އަހަރެންގެ ބަ ނޑަށް ތަދުވާން ފެށިއެވެ. ހަމަ
ހަޤީ ގަތުގައިވެސް ވަރަށް ބޮޑަށް ތަދުވަން ފެށިއެވެ.

"ސަމާ!..ކިހިނެއް މިވަނީ؟ މިފަހަރު ހަމަ އަސްލުވެސް އެބަ ތަދުވޭ." އަހަންނަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ.

" ޖާވާދު އަހަންނަށް ތިދޭ އަނިޔާއާ ބަލާފަ ތީ ކުޑަވަރު. މައިޝާ އަހަރެން ގާތު ނުބުނިނަމަ ދެންވެސް އަހަންނަށް ނޭންގުނީސް. ކީއްވެ
ތިހެން ތިހަދަނީ؟ އަހަންނަށް ދުވަހަކުވެސް ކަމެއް ޖަވާދުއަށް އުނިކޮށް ކޮށްދެވުނީތަ؟ ބުނެބަލަ!" ސަމާ ރޯންފެށިއެވެ. އަހަ ރެން ގެ ބަ ނޑަށް ވަމުން ދިޔަ ތަދު އިތުރުވަމުން ދިޔައެވެ. ހޮޑު ލެވެން އުޅޭހެންވެސް ހީވެއެވެ.

"ކީކޭ ތި ކިޔަނީ؟" އަހަ ންނަށް ރަނގަޅަކަށް ނުވިސްނެއެވެ. ވަމުން ދިޔަ ތަދާ ހެދިއެ ވެ.

"އަހަންނަށް އިނގޭ ޖަވާދު އެހެން ލޯބިވެރިޔެއް ގެންގުޅޭކަން. އަހަރެންގެ މިދެލޮލުން ދުށީ!" ސަމާގެ އަޑު ބާރު ވިއެވެ.

" ލޯބީ! އެއީ މަޖަލަކަށޭ! އެއީ ޕްރޭންކެކޭ! ކީއްތަ މިވަނީ؟ ސަމާ ކީއްކުރީތަ ކާ އެއްޗެއްސަށް އަނެއްކަ؟"އަހަރެން ހާސް ވާން ފެށިއެވެ. ސަމާ އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނުދެއެވެ. ބަލައިލީ ސިންކުމަތީގައި އޮތް ހުސްވެފައިވާ މީދާ މަރާ ބޭސް ފުޅިއަށެވެ. އަދި އަޑުން އަޑު ނަގާ ރޮއިގަތެވެ. އަހަރެންގެ ސިކުނޑިއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެނެވެ.

"ޖަވާ! ތީ މީހު ން ކުރާ ކަހަލަ ސަމާސާތަ؟ ބަލާ އަހަރެންނަށް ކުރެވުނުކަން!" ސަމާ ބުނަމުން ދިޔައެވެ.

"ނުރޮއި...އަ ވަހަށް އެމްބިއުލާންސަށް ގުޅައިދީ." އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާށެވެ. ފުރާނަ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް އޮތީ އޭރުންނެވެ.

" ނޫން! އަހަރެން ޖަވާ ގެން ދާނީ. ސައިކަލުގަ. މާ އަވަސްވާނެ އޭރުން. ހިނގާ." ސަމާ ކަރުނަތަށް ފުހެލާފައި އަހަރެންނަށް ތެދުވާން އެހީވިއެވެ. އަހަރެންވެސް ދެކޮޅުނުހެދީ އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވީމައެވެ.

"އެދިޔައީ ހޮސްޕިޓަލް ފަހަނަ އަޅާ." އައިޖީއެމްއެޗްގެ އިމަޖެންސީ ދޮރު ފަހަނަ އަޅާ ސަމާ ދިޔުމުން އަހަންނަށް ބުނެވުނެވެ. އޭރު ކޮންމެވެސް ވަރަކަށް ތަދު ކުޑަވެފައި ހުރުމުން އަހަންނަށް ވާހަކަ ދައްކަން ފަސޭހަވިއެވެ.

" ސާބަހޭ ދޫން ޏާ! މި ފިރހެނުންވެސް ކިރިޔާ ތަނެއްގަ ރިއްސާލިޔަސް އުޅޭ ގޮތެއް! ކާ އެއްޗެއްސަށް މީދާ ބޭހެއް ނާޅަމޭ. އަހަރެންމީ
ސައިކޯއެއްތަ ތިކަހަލަ ކަމެއްކުރަން؟ އެއީ އެހެން އެއްޗެއް އަޅާފަ. އިރުކޮޅަކުން ތި ތަދު ފިލައިފާނެ."

"ކީކޭ؟"

"މައިޝާ ގުޅާފަ ބުނި އިރުވެސް އަހަންނަށް އިނގޭ އެއީ ދޮގެއްކަން. އަހަރެން އެހެން މީހަކަށް ވުރެ ޖަވާއަށް މާ އިތުބާރު ކުރަން. ދެން
ތިގެން ގުޅުނު ކުޑަ މަންޖެއަކީވެސް މާ މޮޅަށް އެކްޓު ކުރެ ވޭ ކުއްޖެއްނޫން. އޭނާއަށް ހެވޭވަރުން ކަމެއްވިތަ؟ މަށަށް އޮޅުވާލާން ދެންވެސް ނޫޅެތި ތިހެން" ހެމުން ހެމުން ސަމާ ކިޔައިދި ނެވެ.

" ހެހެ. ސަމާ ހާދަ މޮޅޭ. ނަސީބެއްނު ތިހާ އިތުބާރު ކުރާ ވިސްނޭ އަން ބެއް ލިބުނުކަން. އެހެން އަންހެނެއްނަމަ އަހަންނަށް ވިހަ
ކާންދޭނެހެން ހީވަނި."

"ތި ސަލާމަތްވީ މިފަހަރުތާ. ތިގޮތަށް ސަމާސާ ކުރަނިކޮށް ސަމާސާ ވިހަވާ ދުވަހެއްވެސް އައިސްދާނެ އިނގޭ." ސަމާގެ މިޖުމްލައިން
އަހަންނަށް ހެވުނެވ

No comments:

އިޝްތިހާރު