ނާކާމިޔާބީގައި ހިތްވަރުދޭށެވެ. - Bodufoshi

އިޝްތިހާރު

ނާކާމިޔާބީގައި ހިތްވަރުދޭށެވެ.


Naakaamiyaabeega Hiyvaru Dheyshe - Bodufoshi

ލިޔުނީ; ޔޫލީ

މިއީ ދަރިވަރެއްގެ ދުލުން ބުނާ ވާހަކަތަކެކެވެ.

 މަންމާއެވެ. ބައްޕާއެވެ. ކިޔެވުމުން އަޅުގަނޑު އެންމެ މަތީ ނަތީޖާ ހޯދުމަށް އެދޭ
 އެންމެންނެވެ. 

ޤަބޫލުކުރަމެވެ. އަޅުގަނޑު އަބަދުވެސް ގެނައީ 'އޭ' ރިޕޯޓެވެ. 01 އަހަރު ސުކޫލުގައި ކިޔެވިއިރު އެންމެ 'ބީ' ރިޕޯޓެއްވެސް ހޯދާފައެއް ނުހުންނާނެއެވެ. ނަމަވެސް އޭލެވެލްގައި އަޅުގަ ނޑުގެ ނަތީޖާ ހީކުރިވަރަށްވުރެވެސް މާދައްވީއެވެ. ލިބުނީ އަޅުގަ ނޑާ އެކަށީގެންވާ ނަތީޖާއެއްވެސްނޫނެވެ . މަންމަމެންނަށް އެނަތީޖާ ޤަ ބޫލުކުރަން އުނދަގޫވިއެވެ. އެންމެންނަށްވެސް އެނަތީޖާ ހަޖަމު ކުރަން އުނދަގޫވިއެވެ. އަޅުގަނޑަ ށް ކުރެވުނު ހުރިހާ ގޯސްކަމަކާއި، ނުކިޔަވާ ވަގުތުތަކުގައި އަޅުގަ ނޑު ކުރާކަންކަން އެއީ އެއްވެސްވަރަކަށް ނުކިޔާވާހުރެ ކުރާކަންކަން ކަމުގައި ބުންޏެވެ. އަޅުގަނޑާދިމާލަށް ހަޅޭއްލަވާ ދެރަކުރިއެވެ. މިހާރު މިއީއާއިލާއަށް އެއްވެސް ބޭނުންނެތް މީހެއްކަމުގައި އިހުސާސް ކުރުވިއެވެ.

 ކުރާނެ އަސަރު ވިސްނައިލިންތޯއެވެ؟ ޤަބޫލު ކުރަމެވެ. މަންމަގެ ބަނޑުގައި އަޅުގަނޑު އަށަގަތީއްސުރެ މަންމަމެން އައީ ނަމަވެސް މަންމާއެވެ. ބައްޕާއެވެ. މިނަތީޖާއާމެދު އަޅުގަނޑު މިހުރީ އުފަލުންކަމުގައި މަންމަމެންނަށް ހީވަނީތޯއެވެ؟ އަޅުގަ ނޑަށް އަޅުގަނޑަށްޓަކައި އެތައް ޤުރުބާނީތަކެއްވަމުންނެވެ. ކެނޑިނޭޅި އަޅުގަ ނޑަށް ޚިދުމަތް ކުރަމުންނެއެވެ. ބޮޑުވެގެން މިހާވަރު އުމުރުންވީއިރުވެސް މަންމަމެންކޮށްދޭ ކަންކަމުގައި އެއްވެސް އުނިކަ މައްނެތެވެ. އަޅުގަ ނޑު އުފަލުގައި ބަހައްޓަން ކުރެވުނުހާ މަސައްކަތެއް ކުރެއެވެ. ދެން މަންމަމެންގެ ސުވާލަކީ " އެކަން އެނގޭ އިރު، އެގޮތައް ކަންކަން ކޮށްދޭ އިރު، ރަނގަޅަށް ނުކިޔެވުނީ ކީވެތޯއެވެ؟ މަންމަމެން ކޮށްދޭ މަސައްކަތުގެ އަގުވަޒަން ނުކުރީ ކީއްވެތޯއެވެ؟" މިހެން ނޫންތޯއެވެ؟ 

މަންމާއެވެ. ބައްޕާއެވެ. ހުރިހާކަމެއް މަންމަމެން ކޮށްދިނީ ވީހާވެސް ފުރިހަމައަށެވެ. އެކަމަކުވެސް އަޅުގަނޑަށްވެސް ބުނެދޭންނޭންގޭ ސަބަބަކާ ހުރެ އަޅުގަ ނޑު ދައްވީއެވެ. އިނގެއެވެ. މަންމަމެން ޤަބޫލެއްނުކުރާނެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. ސަބަބަކަށް ވާކަހަލަ ސަބަބެއް އަޅުގަނޑަކަށް ނުދެއްކެއެވެ. އެއީ އެސަބަބެއް ނެތީމައެވެ. ހުރިހާވެސް މައްސަލައަކީ އަޅުގަނޑެވެ. ކިޔަވާހިތްނުވުމެވެ. ގަޔާނުވެވުމެވެ. މަންމާއެވެ. ހަދާނެގޮތް ހުސްވެގެ ން މިކަންކަމަށް ހައްލެއް ލިބެތޯ ވާހަކަދައްކާނެ މީހަކު ހޯދީމެވެ. އެކަމަކުވެސް އަޑުއަހާނެ އެކަކުވެސްނެތެވެ. 

އޭލެވެލްގެ ފަހުއަހަރު ހިތްވަރުކޮށްފައި ކިޔެވީމެވެ. މިފަހަރު އެންމެފަހު އިމްތިހާނެވެ. ހުރިހާ މާއްދާއެ އްގެ ހުރިހާ ޔުނިޓެއް ހަދަމެވެ. ހިތްވަރުކޮށްފައި އަމިއްލަ ނަފްސަށް ކިޔަވަން މަޖުބޫރުކުރީމެވެ. ނަމަވެސް ސިކުނޑި ރަނގަޅަށް މަސައްކަތްކުރާހެން ހިޔެއްނުވެއެވެ. އެއްއިރެއްގައި އަ ޅުގަނޑުމީ ކިލާހުން ތޫނުފިލި، އެންމެ މޮޅު ކުއްޖާއެވެ. ފިލާވަޅުތައް ބަރާބަރަށް ނިންމާ ކުއްޖާއެވެ. ނަމަވެސް އެހެން ކުދިންގެ ފޮތުން ކޮޕީކުރާ ކުއްޖާއަށް އަޅުގަ ނޑުވީ ކޮންދުވަހަކުބާއެވެ؟ ޓެސްޓުތަކުން ފުލްމާކުހާއި ގާތަށް ހޯދައިފައި، އަބަދުވެސް ޓެސްޓުތަކުން ފެއިލްވާ ކުއްޖަކަށް އަޅުގަނޑުވީ ކޮނެދުވަހަކުބާއެވެ؟

މަނމާއެވެ. ބައްޕާއެވެ. އަޅުގަނޑު އަމިއްލަ ނަފްސަށް ނަފްރަތުކުރާހާވެއެވެ. މަންމަމެން އުންމީދު ކުރިކަހަލަ ކުއްޖަކަށް ނުވެވުނީތީއެވެ. އަޅުގަނޑާހެދި މަންމަމެންގެ ރައްޓެހިންނާއި އާއިލާ އެހެންމީހުން ކުރިމަތީގައި މަންމަމެންގެ އަގުވެއްޓުނީތީއެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އިހުސާސް ކުރެވެނީ ފުންނިންޖަކުން ހޭލެވުނު މީހަކަށްކުރާނެ އިހުސާސެވެ. އެނިދީގައި ފެނުނު ހުވަފެން ހަނދާންވުމުން ގައިން ހީބިހި ނަގައި ރޮވޭގޮތްވެއެވެ. އަމިއްލަ ނަފްސަށް ކުރިން އޮތް އިތުބާރު މިހާރަކުނެތެވެ. ކޮންމެކަމެއްގައިވެސް، ކުދި ކުދި ކަންކަމުގައިވެސް އިހުސާސުވަނީ ސިކުނޑި ސުމަކަށް ގޮސްފައިވާ މީހެއްގެ އިހުސާސެވެ. ހީވަނީ އަބަދުވެސް ހަތަރުއުދަރެސް ފެނުޖެހިފައިވާހެންނެވެ.

 މަންމާއެވެ ބައްޕާއެވެ. އަހަރެން ގެނބެނީއެވެ. އަރަމުން ދިޔަ ހަރުފަތުން ކައްސާލައި ވެއްޓެނީއެވެ. އެހީގެ އަތެއްބޭނުމީ މިވަގުތުގައެވެ. ކުރިއަށްދާން ބޭނުމެވެ. އަލުން ފަށަން ބޭނުމެވެ. ނުފެށެންވީ ކީވެހެއްޔެވެ؟ އަޅުގަނޑުމީ، މިހާރު މަންމަމެންނަށް ހުރި "ލަދަކަށް" ވީތޯއެވެ؟ ހެޔޮނުވާނެއެވެ. މަންމާއެވެ. ބައްޕާއެވެ. އާދޭސްކޮށްފައިބުނަމެވެ. އަދި އަޅުގަނޑު ޤަބޫލުކުރާށެވެ. ނާކަމީޔާބީއެއް ލިބުނީތީ ބާކީ ނުކުރާށެވެ. އަޅުގަ ނޑުގެ އަތުން ދޫކޮށްނުލާށެވެ. ނާކާމިޔާބީގައި ހިތްވަރުދޭށެވެ.

އިޝްތިހާރު