މިއީ އާދަޔާ ޚިލާފު މަލެއް. - Bodufoshi

އިޝްތިހާރު

މިއީ އާދަޔާ ޚިލާފު މަލެއް.

ލިޔުނީ; ޔޫލީ
Farubadha Kairee Hedhey Aadhayaa Hilaafu Maleh.
ސްކެލެޓަން ފްލާވަރ


ފޮޓޯއިން ފެންނަ ޗާލު މަލުގެ ސައިންޓިފިކް ނަމަކީ "ޑެފިލިއާ ގްރެއީ" އެވެ. އާންމު ނަމަކީ "ސްކެލެޓަން ފްލާވަރް" އެވެ. މިނަން ގުޅިފައިވަނީ މިމަލުގެ ޚާއްސަކަމާއެވެ. އެއީ ފެން ޖެހުމުން މިމަލުގެ ފިޔަތަށް ބިއްލޫރިކޮޅެއްހާ ސާފުވުމެވެ. ފެން ހިކުމުން ހުދުކުލައަށް
ބަދަލުވެއެވެ. މިމަލުގެ ފިޔަތަކަކީ ވަރަށް ތުނި ފިޔަތަކެކެވެ. ބެލެވޭ ގޮތުގައި ފެންޖެހުމުން މިމަލަށް މިއަންނަ ބަދަލަކީ އޭގެ ތުނިކަމުގެ ސަބަބުން އަންނަ ބަދަ ލެކެވެ. އަދި ހުދު މަލެއްކަމުގައި ވުމުން ބިއްލޫރިހާ ސާފުހެން ފެންނަނީއެވެ. މިމާ ފޮޅެނީ މާރޗްމަހާއި ޖުލައިމަހާއި ދެމެދުއެވެ.
މިއާދަޔާ ޚިލާފު މާއަޅާގަސް އާނމުކޮށް ހެދެނީ ފަރުބަދަތައްކައިރި، ފިނި އަދި ހިޔާ ބޮޑެތިގަސްގިނަ ހިސާބުގައެވެ. މިގަސް މިހާތަނަށް ފެނިފައިވަނީ ދުނިޔޭގެ އެންމެ ތިންސަރަހައްދަކުންކަމަށް ބުނެވެއެވެ. އެއީ ޔުނައިޓެޑް ސްޓޭޓްސްގެ އިރުމަތީ ސަރަހައްދުންނާއި، ޗައިނާއިންނާއި ޖަޕާނުންނެވެ. މިނޫނަސް އިރުމަތީ އޭޝިއާގެ އެކި ސަރަހައްދުތަކުގައި މިގަސް ހެދެއެވެ.
މި މާ އަޅާގަހަކީ ގާތްގަ ނޑަކަށް 16 އިންޗިއަށް ދިގުވާ ގަހެކެވެ. ނަމަވެސް ބައެއްގަސް 24 އިންޗިއަށްވެސް ދިގުވެއެވެ. އަދި ގަހުގެ ބޮޑެތި ފަތްތަކުގެ ސަބަބުން 3 ފޫޓުހާތަނަށް މުޅިގަސް ހުންނަނީ ފެތުރިފައެވެ.
ހިޔާ ސަރަހައްދެއްގެ އިތުރުން މިގަސް ހެދެނީ ރަނގަޅަށް ފެން ހިނދިފައިވާ ނަމަވެސް ތެތް، ކާނާ ގިނަ ވެލީގައެވެ. ބޮޑެތިގަސްތައް ގިނަ ހިސާބުތަކުގައި މިގަސް ހެދުމުގެ ސިއްރަކީ، އަބަދާ އަބަދު ބޮޑެތިގަސްތަކުން މިގަހަށް ބޭނުންވާ ކާނާ ފޯރުކޮށްދޭނެތީއެ ވެ. އަދި ވެލީގެ ތެތްކަން ހިފާއްޓާދޭތީއެވެ. އަދި ގަދަ އަވީގެ ސަބަބުން ރައްކާތެރިކޮށްދޭތިއެވެ.

Skeleton Flower


ޒަމާނަށްއައިސްފައިވާ ބަދަލުތަކާއިއެކު ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން މިހާރު ދުނިޔޭ ގެ ކޮންމެ ސަރަހައްދެއްގައިވެސް މިގަސް ހެއްދުމަކީ މާއުނދަގޫ ކަމަކަށް ނުވާނެއެވެ. އެއީ ގްރީން ހައުސްއެއްގެ އެހީގައެވެ. މިގަސް ހެއްދުމަށް ބޭނުންވަ ގޮތަށް ގްރީން ހައުސްގެ މާހައުލު ބަދަލުކޮށްލެވޭނެއެވެ. ގަހުގެ ކުރި އިންދައިގެންވެސް ނުވަތަ އޮށުންވެސް މިގަސް ހައްދަން ފެއްޓިދާނެއެވެ. އޮށްއިންދާނަމަ ގަސްފެޅުމަށް ވަރަށް ދުވަސްނާގާނެއެވެ. ފަހަރުގައި އަހަރެއްހާ ދުވަސްވެސް ނެގުން އެކަށީގެންވެއެވެ. އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ މާވައްޓެއްގައި ކުރިއެއް އިންދުމެވެ. ރަނގަޅަށް ރޯ ވުމުން މާވަށިން ބިމަށް ގަސް ބަދަލު ކުރެވިދާނެއެވެ. ނުވަތަ ވަށީގައި ބެހެއްޓިވެސްދާނެއެވެ.
މިގަހަކީ ރޯވުމަށްފަހު މާބޮޑަށް އަޅާލަން ޖެހޭނެ ގަހެއްނޫނެވެ.

އިޝްތިހާރު