ހެނދުނު ހެނދުނާ ތެދުވަން އުނދަގޫވޭތަ؟ - Bodufoshi

އިޝްތިހާރު

ހެނދުނު ހެނދުނާ ތެދުވަން އުނދަގޫވޭތަ؟

ލިޔުނީ; ޔޫލީ

Hendhunu Nidhaa Thedhuvan Undhagoo Vey Tha


މުޅިދުވަހު ބުރަ މަސައްކަތުގައި އުޅެފައި ރޭގަނޑު އަމިއްލަ ކަންކަމާއި ރަހުމަތްތެރިންނާއި އެއްކޮށް އުޅެލާފައި އައިސް ނިދައިލެވެނީ ނުލާހިކު ދަންވާފަހުންނެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނު ހެނދުނާ އޮފީހަށް ދާން ތިރީސް މިނަޓު ކުރިންވެސް އެނދުން ބުރަކަށިލި ހިއްލާލެވިއްޖެއްޔާ ޝުކުރު ހުއްޓެވެ. އެއީ ގަޑިއެއްހާއިރު ކުރިން ނުވަތަ ދެގަޑީރު ކުރިން އެލާމަށް ލައިގެންނެވެ. އޮފީހަށް ނުދާނަމޭ، ސަލާމް ބުނާނިއްޔޭވެސް ހިތަށް އަރާ ފަހަރު މަދެއްނޫނެވެ. އަދި އިތުރަށް ނިދާލާ ހިތުންނެވެ. އަދި މިވަރުވާއިރު ފަތިސް ނަމާދަށް ތެދުވުން އޮންނަނީ މާބޮޑުކަމަކަށްވެފައެވެ. ވީމާ ހެނދުނު ހެނދުނާ ތެދުވުމަށް މިވާ އުނދަގުލަށް މިވަނީ ހައްލެއް ހޯދަން ޖެހިފައެވެ.

އެންމެ ފުރަތަމަ ކަމަކަށް އެލާމަށް ލާއިރު "ސްނޫޒް" ނުކުރެވޭގޮތް ހަދާށެވެ. އެންމެ ބޮޑު އެއްމައްސަލައަކީ އެލާމްވުމުން "ސްނޫޒް" ކޮށްލެވުމެވެ. ވީމާ މި ހެން ނުހެދޭގޮތް ހެދުމުން އެލާމް ވުމުން ތެދުވުން ނޫންގޮތެއް ނޯންނާއެވެ. ނޫނީ މާބޮޑަށް ނިދި ، ގަޑި ޖެހިދާނެއެވެ. ދެވަނަ ކަމަކަށް އެލާމް ގަޑި ނުވަތަ ފޯނު އެނދާ ވީހާވެސް ދުރުގައި ބަހައްޓާށެވެ. އޭރުން އެ ނިއްވަން ކޮންމެހެންވެސް އެނދުން ތެދުވަން ޖެހޭނެއެވެ. އޭރުން އެލާމް ކަނޑާލައިފައި އަލުން ނިދުމުގެ ފުރުސަތު ކުޑަވާނެއެވެ. މީގެ އިތުރުން ކުރެވިދާނެ އަނެއްކަމަކީ މަޑުމަޑުން ނިދިން ހޭލެވޭގޮތް ހެދުމެވެ. އެއީ ކުއްލިއަކަށް ބާރުއަޑުންވާ އެލާމެއްގެ ބަދަލުގައި މަޑުމަޑުން އަޑު ބާރުވަމުންދާ އެލާމެއް ބޭނުންކޮށްގެނެވެ. މީގެ ބޭނުމަކީ ކުއްލިއަކަށް ސިކުނޑިއަށް ޝޮކެއް ނުގެނަސް، ހަށިގަ ނޑަށްވެސް އަދި ސިކުނޑިއަށްވެސް ލުއިވާނޭ ފަދަ ގޮތަކަށް ހޭލުމެވެ.

ަމައެއާއެކު ކޮފީ، އެނާރޖީ ބުއިން ފަދަ ކެފެއިން ހުންނަ އެއްޗެހި ބޭނުން ކުރުން ވީހާވެސް މަދުކުރާށެވެ. އަދި ދުވާލުގަޑީގައި ނިދާލާނަމަ ގިނައިރު ނިދުމުން ދުރުހެލިވާށެވެ. އަދި ރޭގަ ނޑުގެ ވަގުތުތަށް ބޭކާރު ގޮތުގައި ހޭދަ ނުކޮށް އަވަހަށް ނިދަން ދިޔުމަށް މަސައްކަތްކުރާށެވެ. މިސާލަކަށް މާގިނައިރު ފިލްމް ބަލަން ނީންދެ ކޮންމެ ރެއަކުވެސް ފިލްމް ބަލަން ވަކި ވަގުތެއް ކަނޑައަޅާށެވެ. މިސާލަކަށް ދެގަޑީރެވެ. އަދި އެނދަކީ ފިލްމް ބަލާތަންކަމުގައި ނުހަދާށެވެ. އެހެނީ އަހަރެމެންގެ ހަށިގަ ނޑާއި ހަށިގަނޑުގައިވާ ސިގްނަލްތަކަކީ އަހަރުމެން އާދަކުރުވި ގޮތަކަށް އާދަވާއެއްޗެއްސެވެ. ވީމާ އެނދުގައި ފިލްމް ބަލާނަމަ އެނދަކީ ނިދަން އުނދަގޫ ތަނަކަށްވުންގާތެވެ.

އަދިމީނުނަސް ކުރެވިދާނެ ކަންކަން ގިނައެވެ. ހެނދުނު ހެނދުނާ ކޮންމެހެން ކުރަންޖެހޭ ކަމެއް ހޯދާށެވެ. މިސާލަކަށް ކޮއްކޮ
ނުވަތަ ދަރިފުޅު ސްކޫލަށް ލާންދިޔުމެވެ. މިކަހަލަ ޒިންމާއެއް އޮތްނަމަ ތެދުވަން އަމިއްލަ ނަފްސައް ހިތްވަރުދޭން ފަސޭހަވާނެއެވެ.
އަދި ކުޑަދޮރު ހުންނަނަމަ ކުޑަދޮރު ލެއްޕިނަމަވެސް ފަރުދާ ނުލައްޕާ ބަހައްޓާށެވެ. އެއީ ހެނދުނުގެ އަލި ކޮޓަރިތެރެއަށް ވެއްދުމަށެވެ.
އެންމެފަހު ކަމަކަށް އަބަދުވެސް އެއްގަޑިއެއްގައި ނިދައި އެއްގަޑިއެއްގައި ހޭލުމަށް މަސައްކަތް ކުރާށެވެ. އެއީ ބަންދު ދުވަހެއް
ނަމަވެސް އެވެ.

No comments:

އިޝްތިހާރު