ދުނިޔޭގެ އެއްމެ ހިސާބެއްގަ އުޅޭ މަދުން ނޫނީ ނުފެއްނަ ޖަނަވާރު ތަކެއް. - Bodufoshi

އިޝްތިހާރު

ދުނިޔޭގެ އެއްމެ ހިސާބެއްގަ އުޅޭ މަދުން ނޫނީ ނުފެއްނަ ޖަނަވާރު ތަކެއް.

ދުނިޔޭގައ އެތަށް މިލިއަން ޖަނަވާރުން އުޅޭއިރު ބައެއް ޖަނަވާރުތަކަކީ ދުނިޔޭގެ އެންމެ ހިސާބަކު ނުވަތަ އެންމެ ތަނެއްގައި ދިރިއުޅޭ އެއްޗެއްސެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބަ ކީ މިއެއްޗެހި އާލާވުމަށް އެކަށީގެން ނުވާތަން ތަން ކަމުގައި ވަނީކަމަށްވެސް ވެދާނެއެވެ. މިއާރޓިކަލްގައި ބަލާލާނީ މިފަދަ ބައެއް ޖަނާވަރުތަކަށެވެ.


1.ލީމަރ

މިއީ އެފްރިކާގެ ރަށެއްކަމުގައިވާ މަޑަގަސްކަރައިގައި އުޅޭ އެއްޗެކެވެ. މިއީ ބުޅަލާއި، ކުއްތާއާއި މުގޮށިމީދާގެ ބައެއް ސިފަތައް އެއްވެފައިވާ ޖަނަވާރެކެވެ. ގާތްގަނޑަކަށް ލީމަރގެ 88 ވައްތަރު މި ޤައުމުގައި ވަޒަންވެރިވެ އުޅެއެވެ. ބަރުދަނުގައި ތިރީސް ގުރާމާއި ނުވަ ކިލޯއާއި ދެމެދު ހުންނައިރު މީގެ ދެހާހަކަށް އަހަރު ކުރިން ރާމާމަކުނުގެ ބޮޑު ވައްތަރެއް ކަމުގައިވާ "ގޮރިއްލާ" އާ އެއް ބޮޑުމިނުގެ ލީމަރވެސް މިރަށުގައި އުޅުނު ކަމަށް ބުނެވެއެވެ. މިއީ ވަރަށް އާދަޔާ ޚިލާފު އުޅުމެއް ހުންނަ އެއްޗެކެވެ. ބައެއް އެއްޗެހި ބޮޑުމަހުގެ އަޑުލައްވައެވެ. އަނެއްބައި އެއްޗެހި ބިމުގައި ހިނގާ އިރު ހީވާނީ "ބެލޭ" ނެށުން ނަށާހެނެވެ. މީގެ އިތުރުން މިއީ ރޭގަނޑު ހޭލާ އުޅޭ ޖަނަވާރެކެވެ. ހޯދުން ތަކުން އެނގިފައިވާ ގޮތުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ނޫޅެ، ހަމައެކަނި މިހިސާބުގައި މި އެއްޗެހި އާލާވާން ފެށުމުގެ ސިއްރަކީ، މިބައިގަ ނޑު އުފެދުމަށް ހުރަސް އަޅާނެ ސަބަބެއް ނެތުމެވެ. އެހެން ގޮ ތަކަށް ބުނާނަމަ މިއެއްޗެހީގެ ޝިކާރަވެރި ޖަނަވާރެއް ނެތުމެވެ. ނަމަވެސް ހިތާމައަކީ މަޑަގަސްކަރައިގައި އިންސާނުން ވަޒަންވެރިވާން ފެށުމުން މިޖަނަވާރުތަކުގެ އަދަދު މަދުވަމުން ދިޔުމެވެ. އަދި މިތަކެތީގެ ވެށި ހަލާއްކު ކުރުމުގެ ސަބަބުން އުޅެން ލިބިފައިވާ ބިން ކުޑަވުމެވ

2.ސުއިނަރައްޕަން
މިއީ މުޅި ދުނިޔޭގައިވެސް ކެއުމަށް ބޭނުން ކުރާ އެންމެ ކުޑަމަހެވެ. މި މަސް އެންމެ ދިގުވަނީ 2.5 ސެންޓިމީޓަރަށެވެ. މި މަސް
އާލާވެފައިވަނީ ފިލިޕިންސްގައެވެ. އަދި އުޅެނީ މީރުފެނުގައެވެ. ނުވަތަ މީރު ފެންގަ ނޑުތަކުގައެވެ.
މިމަސް އުޅެނީ ބައިގަ ނޑުތަކަށް ވުމުން ހިފުމަށް އެއްވެސް ވަރަކަށް އުނދަގުލެއް ނޫނެވެ. ނަމަވެސް މާގިނައިން ހިފުމުގެ
ސަބަބުން 1990ގައި މިމަސް ނެތިގެން ދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އަދި މިކަން އިތުރުވީ މިމަސް އުޅޭ ފެންގަ ނޑުތަކުގައި
އިތުރު ބާވަތްތަކުގެ މަސްތަށް އާލާ ކުރަންފެށުމުންނެވެ. ނަމަވެސް މިހާރު މިމަސް ވަނީ އަލުން އާލާކުރެވި އަދަދު

އިތުރުކުރެވިފައެވެ.

3 .ޓޮކޮއެކާ ކިވީ 

ުދުހުމުގެ ކުޅަދާނަކަން ލިބިފައި ނުވާ މިދޫންޏަކީ ނިއުޒަލޭންޑުގައި އުޅޭ ދޫންޏެކެވެ. މިއީ ނިއުޒަލޭންޑުގެ ގައުމީ ނިޝާންވެސްމެއެވެ. ކިވީއަކީވެސް ލީމަރއެކޭ އެއްފަދައިން ރޭގަ ނޑު ހޭލާ އުޅޭ އެއްޗެކެވެ. މިދޫނީގެ ކާނާއަކީ ކުދި ސޫތްޕާއި ފަނިފަކުސައެވެ. އަދި ބައެއް މޭވާއާއި އޮށެވެ. މި ދޫންޏަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ދޫންޏެކެވެ. އެއް އިރެއްގައި މިދޫނީގެ އަދަދު 12 މިލިއަނުގައި ހުރި އިރު މިހާރު ހުރީ ގާތްގަ ނޑަކަށް 100000 ގައެވެ. ގިނަފަހަރު މިދޫނީގެ ފިޔޮކުގެ އުމުރުގައި ބުޅަލާއި ކުއްތާފަދަ އެއްޗެހީގެ ޝިކާރައަކަށް ވަނީއެވެ.


4 .ޓްރީ ލޮބްސްޓަރ 

1920ގައި މި ސޫތްޕަކީ ނެތިގެން ގޮސްފައިވާ އެއްޗެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އޭގެ ފަހުން 2001ގައި މިސޫފިވަނީ ފެނިފައެވެ. އޭރު މީގެ އަދަދަކީ 24ހެވެ. އޮސްޓްރޭލިއާގެ ލޯރޑް ހަވް ރަށްތަކުގައި އާލާވަމުންދާ މި ސޫތްޕަކީ ދުނިޔޭގެ އެންމެ މަދު ފަނިފަކުސައިގެ ގޮތުގައި ކަ ނޑައަޅައިފައިވާ އެއްޗެވެ.

5.ޕްލެޓިޕަސް
މިއި ހަމައެކަނި އިރުމަތީ އޮސްޓްރޭލިއާގައި އުޅޭއެއްޗެކެވެ. މިއީ ދުނިޔެގައި އުޅޭ ބިސްއަޅާ މަންމަލި ޖަނަވާރުތަކުގެ ތެރެއިން އެއްޖަނަވާރެވެ. އަދި މިއީ މަންމަލި ޖަނަވާރު ތަކުގެ ތެރެއިން ވިހަލާ މަދު ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ ޖަނަވާރެ ކެވެ. ދުނިޔެއިން ޕްލެޓިޕަސް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ނެތް ކަމުގައިވިޔަސް މިއީ ބަންދުކޮށްގެން އާލާކުރުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ އެއްޗެކެވެ. މިއީ ފެތުމަށް ވަރަށް ކުޅަތާނަ ޖަނަވާރެކެވެ. މިހެން ކަމުން ކަމަށްވެސް ވެދާނެއެވެ. ޕްލެޓިޕަސްގެ ދުވަހުގެ ގިނަ ވަގުތު ހޭދަ ކުރަނީ ފެނުގައި ކާއެއްޗެހި ހޯދުމުގައެވެ.

No comments:

އިޝްތިހާރު