ހިކި ހަމަށް ސަމާލުވާނީ ކިހިނެއް؟ - Bodufoshi

އިޝްތިހާރު

ހިކި ހަމަށް ސަމާލުވާނީ ކިހިނެއް؟


ކޮންމެ މީހަކީވެސް ރީތި ހަންގަނޑެއް ބޭނުންވާނޭ މީހެކެވެ. ނަމަވެސް މިނަސީބު ގުދުރަތުން ލިބިފައިވަނީ މަދު ބަޔަކަށެވެ. ދެން
ތިބި މީހުން ޖެހެނީ އެމީހުންގެ ހަންގަ ނޑުގެ ރީތިކަން ދަމަހައްޓަން ނުވަތަ ހަންގަ ނޑު ރީތި ކުރަން އެތައް މަސައްކަތް ތަކެއް
ކުރާށެވެ. މި އާރޓިކަލްގައި ބަލާލާނީ ހިކި ހަންގަ ނޑުގެ ވެރިންނަ ށް އެމީހުންގެ ހަންގަ ނޑު ރީތިކޮށް ބެހެއްޓުމައްޓަކައި ކުރެވިދާނެ
ކަންކަމަށެވެ.

ހަންގަ ނޑު ހިކިނަމަ ވާންކަން އިހުސާސުވާނެއެވެ. ހަމައެއާއެކު ހަންގަ ނޑު ހިކިކަންވެސް އިހުސާސުވާނެއެވެ. އަދި ހަމުގައި
ހުންނަ ލޯވަޅުތައް އާދަޔާ ޚިލާފަށް ކުދިވާނެއެވެ. އަދި ހަންގަ ނޑުގައި އޮމާކަމާއި ތާޒާކަމެއް ނުހުންނާނެއެވެ. އަދި ބައެއްފަހަރު
ހަންގަ ނޑުގައި ރޫޖެހިފައިވެސް ހުރެއެވެ. އަދި ބައެއްފަހަރު ހަންގަ ނޑުގެ ބައެއް ތަންތަން ފަޅައިގެން ގޮސްފައި ނުވަތަ
ފަޅައިގެންދާން ކައިރިވެފައި ހުރެއެވެ. އަދި ކުރަކިވެފައިވެސް ހުރެއެވެ. ޚާއްސަކޮށް އުޅަނބޮއްޓާއި ކަކުލުގެ ހަންގަ ނޑެވެ. އަދި
މަދު ހާލަތްތަކުގައި ހަންގަ ނޑު ކެހުންވެސް އެކަށީގެންވެއެވެ.

ހިކި ހަންގަ ނޑަކީ ވާރުތަވާ އެއްޗެކެވެ. ނަމަވެސް ބައެއްފަހަރު ނޭވާ ހިއްލުން ނުވަތަ ތައިރޮއިޑް ފަދަ ބައެއް ބަލިތަކުގެ
ސަބަބުންވެސް ހަންގަ ނޑު ހިކިވުމަށް ދިމާވެއެވެ. އަދި ހަމަ އެހެންމެ އުމުރުން ދުވަސްވާ ވަރަކަށް ހަންގަ ނޑުގައި އުފެދޭ ތެޔޮ
އުފެދުން މަދުވަމުން ދިޔުމުގެ ސަބަބުވެސް ހަންގަ ނޑު ހިކިވެއެވެ. އަދި މިނޫނަސްވެސް އާއްމުކޮށް ބޭނުން ކުރެވޭ ބާރުގަދަ
ސައިބޯނި އަދި ހަންގަ ނޑު ސާފު ކުރުމަށް ބޭނުން ކުރާ އެހެނިހެން ބާރުގަދަ ތަކެތި ބޭނުން ކުރުމާއި، "ސްކްރަބް" ކުރުމުންވެސް
ހަންގަ ނޑު އިތުރަށް ހިކިވުމަށް ފުރުސަތު ދެވެއެވެ. ވީމާ އާއްމު ދިރިއުޅުމުގައި ހަންގަ ނޑަށް އަޅާލާ ގޮތްތަކަށް ބައެއް ބަދަލު
ގެންނަޖެހެއެވެ.


ހަންގަނޑު ދޮވުމުގައި ސަމާލުވާނީ...

ހަންގަ ނޑު ދޮވުމުގައި އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ ގިނައިރު ފެންވެރުމުގައި ހޭދަ ނުކުރުމުވެ. އަދި ހޫނު ފެނުން ފެންވެރުން
ދޫކޮށްލުމެވެ. ގިނަ އިރު ފެންވަރާނަމަ ނުވަތަ ހޫނު ފެނުން ފެންވަރާނަމަ ހަމުގައި ހުންނަ ޤުދުރަތީ ތެޔޮކަން ފިލާދާނެއެވެ.
މިކަމުގެ ސަބަބުން ހަންގަ ނޑު ހިކޭނެއެވެ. ވީމާ ހޫނު ފެނުން ނުވަތަ ތާފަނާ ފެނުން ފެންވަރާނަމަ ވީހާވެސް މަދުން އަދި ކުޑަ
ވަގުތުކޮޅަކުން ފެންވަރައި ނިންމައިލާށެވެ. އަދި ފެންވެރުމަށް ބޭނުން ކުރާ ސައިބޯންޏަކީ ވީހާވެސް ބާރު ކުޑަ އަދި
"މޮއިސްޗުރައިޒިން" އެއްޗެއް ކަމުގައި ހަދާށެވެ.

ހަންގަނޑުގެ ޤުދުރަތީ ތެޔޮކަން ހި ފޭއްޓު މަށްޓަކައި...

ހަންގަ ނޑުގެ ތެޔޮކަން ހިފޭއްޓުމަށްޓަކައި ހަންގަ ނޑު ތެތްކޮށްހުއްޓާ މޮއިސްޗުރައިޒަރ އުނގުޅާށެވެ. ނުވަތަ ފެންވަރައިގެން
ފެންހިއްކުމަށްޓަކައި ތުވާލި ހަންގަ ނޑުގައި ނޫންގުޅައި ހަމައެކަނި މަޑު މަޑުން ޖައްސައިލައިގެން ފެންހިއްކާށެވެ. އެއަށްފަހު
ވީހާވެސް އަވަހަކަށް މޮއިސްޗުރައިޒަރ އުނގުޅާށެވެ. ހަންގަ ނޑުގެ ތެތްކަން ހިފެހެއްޓޭނީ އޭރުންނެވެ. އަދި މިކަމަށް ރަނގަޅު
މޮއިސްޗުރައިޒަރއެއް ބޭނުން ކުރާށެވެ.

ރަނގަޅު މޮއިސްޗުރައިޒަރް އެއް ހޯދާނީ ކިހިނެއް؟

ރަނގަޅު މޮއިސްޗުރައިޒަރއެއް ގަންނަން ބައިވަރު ރުފިޔާތަކެއް ޚަރަދު ކުރުމުގެ ބޭނުމެއްނެތެވެ. ކިތަންމެ އަގުހެވަސް ކިތަންމެ
އަގު ބޮޑަސް ބޭނުންވާނީ އޭގައި ހިކި ހަންގަ ނޑަކަށް ބޭނުންވާ މާއްދާތަށް އެންމެ ގިނައިން ހުރި އެއްޗެކެވެ. އޭގެ ތެރޭގައި މި
މާއްދާތަށް ހުރިތޯ ބަލާލާށެވެ.

ހ. "ސެރަމައިޑްސް"

މި މާއްދާ އެހީވަނީ ހަންގަ ނޑުގައި ފެން ނުވަތަ ތެތްކަން ހިފާއްޓައި ދިނުމަށެވެ. އަދި ހަމައެހެންމެ ހަންގަ ނޑަށް އަރާމުކަން
ގެނުވައިދެއެވެ.

ށ. "ޑައިމެތިކޯން އަދި ގްލައިސެރިން"

މިދެމާއްދާގެ މަސައްކަތަކީ ހަންގަ ނޑުގެ އެންމެ ބޭރު ފަށަލައަށް ފެންދެމުމާއި އެފެން ހަންގަ ނޑުގައި ހިފާއްޓައިދިނުމެވެ.

ނ. "ހަޔަލުރޯނިކް އެސިޑް"

މި މާއްދާއަކީ ސެރަމައިޑްސްއާ އެއް ރޯލެއް ކުޅޭ މާއްދާއެކެވެ.

ނ. "ލެނޮލިން، މިނަރަލް އޮއިލް، ޕެޓްރޯލިއަމް ޖެލީ."

މިތިން މާއްދާއަކީ ފެންވެރުމުން ހަންގަ ނޑުގައި ހުންނަ ތެތްކަމާއި ފެން ހިފާއްޓާއިދޭ ތިންމާއްދާއެވެ.


މިހުރިހާ ކަމެއްގެ އިތުރުން ހަންގަ ނޑަށް އަޅާލުމަށްޓަކައި އަތްވަށް ނިކުންނަ އިރު "ސަންސްކްރީން" ބޭނުން ކުރަން އާދަކުރާށެވެ.
އަދި މި ސަންސްކްރީން އަކީ "އެސްޕީއެފް" ވީހާވެސް މަތި އެއްޗަކަށް ވުމުން ހަންގަ ނޑަށް ފައިދާ ބޮޑުވާނެއެވެ. އަދި އަބަދުވެސް
ހަންގަ ނޑުގައި މޮއިސްޗުރައިޒަރ އުނގުޅާފައި ބަހައްޓަން ހަނދާން ކުރާށެވެ. ހަމައެއާއެކު ކޮންމެ ދުވަހަކުވެސް ހަށިގަ ނޑަށް
ބޭނުންވާނޭ ވަރަށް ފެންބުއިމަށް އާދަ ކުރާށެވެ.

No comments:

އިޝްތިހާރު