ފޯނު ފެނަށް ވެއްޓްޓިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް؟ - Bodufoshi

އިޝްތިހާރު

ފޯނު ފެނަށް ވެއްޓްޓިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް؟



މިހާރު އަހަރުމެންގެ ހުރިހާވެސް އެއްޗަކީ މޮބައިލް ފޯނެވެ. އެއީ އަހަރުމެންގެ އެލާރމެވެ. ގޭމު ކުޅޭ ވަސީލަތެވެ. އީމެއިލްކޮށް
އީމެއިލް ލިބިގަންނަ ވަސީލަތެވެ. ކަލްކިއުލޭޓަރެވެ. ބައެއް މީހުންނަށް މިއީ ތިމާގެ ކިޑްނީއަށް ވުރެވެސް މުހިއްމު އެއްޗެކެވެ. މިހާ
މުހިއްމު އެއްޗެއް ހަލާއްކުވެނުދީ ސަލާމަތުން ބެހެއްޓުމަށްވެސް އެތަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. ފޯނު އެންމެ ފަސޭހައިން
ހަލާއްކުވާ އެއްގޮތަކީ ފެންޖެހިގެންނެވެ. ފެން ނުވަންނަ ގޮތަށް މިހާރު ބައެއް ފޯނުތައް އުފައްދާނަމަވެސް ގިނަ ފޯނުތަކަކީ ފެން
ޖެހުމުން ފަސޭހައިން ހަލާއްކުވާ ފޯނުތަކެކެވެ. މޫދަށް ނުވަތަ ސިންކަށް ވެއްޓި ނުވަތަ އެހެން ގޮތަކަށްވެސް ފޯނު ތެމިއްޖެނަމަ
ވީހާވެސް އަވަހަކަށް ފޯނު ސަލާމަތްކުރަން މަސައްކަތް ފެއްޓުން ބުއްދިވެރިއެވެ.

ފޯނު ފެނަށް ވެއްޓުމު ން ނިވިފައި ނުވާނަމަ އަވަހަށް ފޯނު ނިއްވައިލާށެވެ. ފެނުގައި ޖެހި ފޯނު ނިވިއްޖެނަމަ އެގޮތަށް ބަހައްޓާށެވެ.
ހުޅުވަން ނޫޅޭށެވެ. އެއްވެސް ފިތަކަށް ނުފިއްތާށެވެ. އަދި ފޯނަށް ނުފުމޭށެވެ. އަދި ހޫނުވެސް ނުކުރާށެވެ. އަތްވަށްލައިގެން ވިޔަސް
ނުވަތަ ބޯހިއްކާ އެއްޗަކުން ވިޔަސް ހޫނު ނުކުރާށެވެ. އަދި އެއިން ވައިވެސް ނުޖައްސާށެވެ. ވައިޖެހުމުން ފެން އިތުރަށް އެތެރެއަށް
ވަނުން ގާތެވެ. އަދި އެއިން ފޮނުވަނީ ހޫނު ވައިކަމުގައިވާނަމަ އެހޫނުގެ ސަބަބުން ފޯނުގެ އެތެރޭގައިވާ ކުދި ބައިތަކަށް ގެއްލުން
ލިބިދާނެއެވެ. ލޮނު ފެނަށް ވެއްޓެއްޖެނަމަ، ފުރަތަމަ، ފޯނު ސާފު މީރު ފެނަށްލާށެވެ. އެއަށްފަހު މަސައްކަތް ކުރިއަށް ގެންދާށެވެ.
ފޯނު ނިއްވައި ލުމަށްފަހު ބެޓެރިވަކި ކުރެވޭނެނަމަ އަވަހަށް ބެޓެރީ ވަކިކޮށްލާށެވެ. އަދި ސިމްކާޑާއި މެމޮރީ ކާޑުވެސް ނަގާށެވެ.
ދެންވެސް ވަކި ކުރެވެން ހުރި ވަރަކަށް ފޯނުގެ ބައިތައް ވަކިކުރާށެވެ. އިތުރަށް ވަކިކުރަން ނޭންގޭނަމަ އެގޮތަށް ބެހެއްޓުން
ބުއްދިވެރިވާނެއެވެ. ވީމާ ވަކި ކުރެވޭ ހުރިހާ ބައެއް ވަކިކުރުމަށްފަހު ހުރިހާ އެއްޗެއް ތުވާއްޔެއް މަތީގައި ބަހައްޓާށެވެ. އަދި އިތުރު
ތުވާއްޔެއް ބޭނުން ކޮށްގެން ހިއްކުނު ވަރަކަށް ފޯނުގެ ހުރިހާ ބަޔަކުންވެސް ފެން ހިއްކައިލާށެވެ.

ފެން ހިއްކުމަށް ތުވާލި ނުކާއްތާށެވެ. އޭގެ ބަދަލުގައި ތުވާލި ޖައްސާލައިގެން ފެން ހިއްކާށެވެ. ފެން ހިއްކަމުން ދާއިރު ނުވަތަ
ފެނުން ފޯނު ނެގުމަށްފަހުވެސް ފޯނު ގޮތްގޮތަށް ތަޅުވާ އަރިކޮށް ނުހަދާށެވެ. މީގެ ސަބަބުން އިތުރަށް ފޯނުގެ އެތެރެއަށް ފެން
އެޅިދާނެއެވެ. އަދި އަބަދުވެސް ފޯނު ބަންޑުން ނުވަތަ އުއްޑުން ބާއްވާށެވެ. ފެނުން ނަގާއިރުވެސް މިދެގޮތުންކުރެ ގޮތަކަށް
ބާއްވައިގެން ނެގޭތޯ މަސައްކަތް ކުރާށެވެ. ކޮޅަށް ޖަހައިފިނަމަ އަނެއްކާވެސް އެ ފުރުސަތު ދެވެނީ އިތުރަށް އެތެރެއަށް ފެން
އެޅުމަށެވެ.

ކުޑަ ވެކިއުމް ކްލީނަރ އެއް ގެންގުޅޭނަމަ އިތުރަށް ފެން ހިއްކުމަށް ޓަކައި މި ބޭނުން ކުރެވިދާނެއެވެ. އެއީ، މިއީ ފެން ދަމާނެ
އެއްޗަކަށް ވުމުންނެވެ. ވެކިއުމް ކްލީނަރއެއް ނެތްނަމަ ފެންދަމާ އެއްޗަކަށް ފޯނުލާށެވެ. މިސާލަކަށް "ސިލިކާ ޖެލް" ނުވަތަ
ހަނޑުލުގެ ތެރެއަށެވެ. އާދައިގެ ހަ ނޑުލަށް ވުރެވެސް ރަނގަޅީ "އިންސްޓެންޓް ރައިސް" އެވެ. މިއީ ކުރިން ކޮންމެވެސް ވަރަކަށް
ކައްކައިފައި އަދި އޭގެއިން ހުރިހާ ފެނެއް ހުސްކޮށްފައިވާ ހަނޑުލެވެ. ނުވަތަ ބަތެވެ. މީގެ ސަބަބުން މި ހަ ނޑުލުގައި މާއަވަހަށް
އަދި މާބޮޑަށް ފެން ދަމައިގަތުމުގެ ބާރު ހުންނަކަމަށް ވެއެވެ. ވީހާވެސް ގިނަ ހަ ނޑޫ ނުވަތަ ސިލިކާ ޖެލްގެ ތެރެއަށް ފޯނާއި
އެހެން ބައިތަށްލާށެވެ. އަދި އެންމެ މަދުވެގެން 42 ގަޑިއިރު މިއިން އެއްޗެއްގައި ފޯނު ބަހައްޓާށެވެ. ނުވަތަ އެއްވެސް އެއްޗަކަށް
ނުލައި ހިކެން ފޯނު ބާއްވާށެވެ. ހިކެން ބަހައްޓާފައިވާ ވަގުތު ހަމަ ނުވަނީސް ނުވަތަ ބޭނުން ވާނޭ ވަރަށް ހިކެން ވަގުތު ނުދީ
ފޯނު ހުޅުވޭތޯ "ބަލައިލަން" މަސައްކަތް ނުކުރާށެވެ.

ދެދުވަހެއްވަރު ފަހުން ފޯނު ނަގައި ބެޓެރީލައްވައި ޗާރޖު ކުރެވޭތޯ ބަލައިލާށެވެ. ޗާޖުނުވާނަމަ ފޯން ހަދާތާކަށް ގެންދާށެވެ.
ޗާރޖުވާނަމަ އަދި ފޯނު ހުޅުވޭނަމަ ދުވަސްކޮޅެއްވަންދެން އެއްވެސް ތަފާތު ކަމެއް ނުވަތަ މައްސަލައެއް ފެނޭތޯ ބަލާށެވެ.
ފެނިއްޖެނަމަ އަވަހަށް ފޯނުހަދާތާކަށް ގެންދަންވާނެއެވެ.

No comments:

އިޝްތިހާރު