މޫނަށް ސަމާލުކަން ދޭވަރަށް ފައިތިލައަށް ސަމާލުކަން ދެވޭތަ؟ - Bodufoshi

އިޝްތިހާރު

މޫނަށް ސަމާލުކަން ދޭވަރަށް ފައިތިލައަށް ސަމާލުކަން ދެވޭތަ؟

Moonah Samaalu Kan Dhey Varah Fai Thila Ah


ފައިތިލައަކީ އަހަރުމެންނަށް އެން މެ އަޅާނުލެވޭ އެއްގުނަވަނެވެ. މޫނުގެ ހަންގަނޑު އޮމާން ކުރުމާއި، ލަކުނު ފިލުވުމާއި،
މަޑުކުރުމަށް ސަމާލުކަން ދޭފަދައިން ފައިތިލަވެސް މަޑުކުރުމާއި އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ގިނަފަހަރު ފައިތިލައަށް ތިމާގެ ސަމާލުކަން ހުއްޓޭއިރު އޮންނަނީ ހަންގަނޑު ހިކި، ފުންނާބުގެ ހަންގަ ނޑު ބޯވެ، ކުރަކިވެ
ފަޅައިގެން ދާން ފަށައިފައެވެ.

މޫނަށް ކޮންމެ ދުވަހަކުވެސް އަޅާލާ ފަދައިން ފައިތިލައަށްވެސް ކޮންމެ ދުވަހަކުވެސް އަޅާލުން މުހިންމެވެ. އެގޮތުން ކޮންމެ
ދުވަހަކުވެސް ފަސްމިނެޓާއި ދިހަމިނެޓުގެ ވަގުތަކަށް ތާފަނާ ފެނަށް ފައިތިލަ ލައިފައި ބަހައްޓާށެވެ. އެއީ ބޭކާރު ހަންތައްސާފު
ކުރުމުގެ ކުރިން އެ އެއްޗެހި މަޑުކޮށްލާށެވެ. މާގިނައިރު ފެނަށް ފައިލައިގެން ހުންނަ ނަމަ ހަންގަޑުގެ ތެޔޮކަން ފިލުމަށް
މެދުވެރިވެއެވެ. ފައިތިލަ ލާ ފެން ގަނޑަށް ބޭކިންގސޯޑާ އަދި ވިނެގަރް ފަދަ ތަކެތި އެއްކުރެވިދާނެއެވެ. ވިނެގަރ އަޅާނަމަ އަޅާނީ
ކޮންމެ ދެ ފެންޖޯޑަށް އެއް ޖޯޑު ވިނެގަރގެ މިނުންނެވެ. އަދި އެ ފެނުގައި ފައިތިލަ ބެހެއްޓުން އެން މެ ރަނގަޅީ ގާތްގަނޑަކަށް
ތިރީސް މިނެޓެވެ. ބޭކިން ސޯޑާ ބޭނުން ކުރާނަމަ ދެއެއް ނުވަތަ ތިން މޭޒުމަތީ ސަމުމާ ބޭކިންގސޯޑާ ފެނުތެރެއަށް ގިރާށެވެ. އަދި
ވިއްސަކަށް މިނެޓު މިފެނުގައި ފައިތިލަ ބަހައްޓާށެވެ.

ހަންގަނޑު ރީތިކޮށް މަޑުވުމުން ފައިތިލަ އުނގުޅާ ހިލައެއް ނުވަތަ ބުރުހެއް ބޭނުން ކޮށްގެން ރަނގަޅަށް ފައިގެ ދައްފުށުގައި ހުރި
ބޭކާރު ހަންތައް ފިލުވާށެވެ. ނަމަވެސް މިހަންތަށް ފިލުވުމުގައި މާބާރަށް ހިލަ ނުވަތަ ބުރުސް ކާއްތައި ނުހަދާށެވެ. މާބޮޑަށް ނުވަތަ
މާބާރަށް ކާއްތާނަމަ އެހިސާބެއްގައި ހަންގަ ނޑުއާވާއިރު ބޯވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ފުންނާބު ވަރަށް ހަރުނަމަ ހަމައެކަނި
ފުންނާބުގައި ހިލަ ބޭނުން ކުރުމެވެ. އަދި އެހެން ހިސާބުތަކުގައި ބުރުސް ބޭނުން ކުރުމެވެ.

މިކަން ނިމުމަށްފަހު ފައިތިލަ "ސްކްރަބް" ކޮށްލާށެވެ. މިކަމަށްޓަކައި އަމިއްލަ ސްކްރަބެއް ހެދިވެސްދާނެއެވެ. ނުވަތަ ގަނެގެންވެސް
ބޭނުން ކުރެވިދާނެއެވެ. އަމިއްލަ ސްކްރަބެއް ހަދާނަމަ އެލޮވެރާ ޖެލްއާއި ގްރައިންޑް ކޮފީ އެއްކޮށްގެން ސްކްރަބެއްހަދާށެވެ.
ފުރަތަމަ މި ސްކްރަބް މާސްކެއްހެން ފައިތިލައިގައި އުނގުޅައިފައި ދިހަވަރަކަށް މިނަޓު ބަހައްޓާށެވެ. އެއަށްފަހު ލަސްލަހުން
ރަނގަޅަށް ފައިތިލަ މަސާޖު ކޮށްލާށެވެ. އެއަށްފަހު ދޮވެލާފައި ރީތިކޮށް ހިއްކައިލާށެވެ. ހަމަގައިމުވެސް ހަންގަނޑުގެ މަޑުކަމާއި
އޮމާންކަން އިހުސާސްވާނެއެވެ. އެންމެ ފަހުކަމަކަށް ފައިތިލައިގައި "މޮއިސްޗުރައިޒަރ"އެއް އުނގުޅައިލާށެވެ.
މާބޮޑަށްބޭރަށްގޮސް ނޫޅޭނަމަ ކޮންމެ ދުވަހަކު ފައިތިލަ ސްކްރަބް ކުރުން ރަނގަޅެއް ނޫނެވެ. ހަފްތާއަކު ދެފަހަރު ސްކްރަބް
ކުރުމުން ރަނގަޅުވާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް "މޮއިސްޗުރައިޒަރ" ބޭނުން ކުރާށެވެ. އަދި މަސައްކަތް
ނިންމައިލައިފައި ގެއަށްއައިސް ފައިތިލަ ރީތިކޮށް ދޮވެލާށެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި ފައި މަޑުކުރަން ބޭނުން ނަމަ ރޭގަ ނޑު ނިދުމުގެ ކުރީގައި ފައިތިލައިގައި މޮއިސްޗުރައިޒަރ
އުނގުޅާފައި އިސްޓާކީނެއް ލައްވައިގެން ނިދާށެވެ. ވެސްލިންއަކީ ގިނަބައެއްގެ މެދުގައި މަޤްބޫލު މޮއިސްޗުރައިޒަރއެކެވެ.
ފައިތިލަ ސާފުވެ، މަޑުވެ، އޮމާންވިނަމަވެސް މިއާދަތަކާއި ދުރުނުވާށެވެ. ނަމަވެސް ދުވަސްކޮޅަކަށްފަހު ކޮންމެ ދުވަހަކު
ތާފަނާފެނަށް ފައިލައިގެން އިނުން މުހިއްމެއްނޫނެވެ. ނަމަވެސް އަބަދުވެސް މޮއިސްޗުރައިޒަރ އުނގުޅާފައި ބެހެއްޓުން މުހިއްމެވެ.
އަދި އަބަދުވެސް ގެއިން ބޭރުން އައިސްފައި އަދި ނިދުމުގެ ކުރިން ރީތިކޮށް ފައިދޮވެލަންނާނެއެވެ.

No comments:

އިޝްތިހާރު