އެކައުންޓް ހެކް ކުރުމުން ސަލާމަތްވާނީ ކިހިނެއް؟ - Bodufoshi

އިޝްތިހާރު

އެކައުންޓް ހެކް ކުރުމުން ސަލާމަތްވާނީ ކިހިނެއް؟

ލިޔުނީ; ޔޫލީ
ހެކް ކުރުމަކީ މިހާރު މުޅި ދުނިޔޭގައި ވަރަށް އާއްމު ކަމެކެވެ. ހެކް ކުރުމުގެ ސަބަބުން ތިމާގެ މުހިއްމު މަޢުލޫމާތުތައް އެހެންމީހަކު ނަގައެވެ. ބައެއްފަަހރު ތިމާގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އެމީހަކަށް ލިބެއެވެ. ހަމައެއާއެކު ތިމާގެ އެކައުންޓުން އެހެން މީހުންަނަށް މެސެޖުފޮނުވުން ފަދަކަންކަން ކުރުމުގެ ބާރުވެސް ހެކްކުރާ މީހާއަށް ލިބެއެވެ. ވީމާ އަބަދުވެސް  ހެކްކުރާ  މީހުންގެ ކިބައިން ރައްކާތެރިވެ ހުރުން މުހިންމެވެ.

ތިމާގެ އީމެއިލް އެކައުންޓަކީ ހުރިހާ އެކައުންޓެއްގެ މައި އެކައުންޓެވެ. އެހެނީ އެހެން ހުރިހާ އެކައުންޓެއް ގުޅިފައިވަނީ މިއެކައުންޓާއެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އީމެއިލް އެކައުންޓް ރައްކާތެރިކުރުމަށެވެ. މިގޮތުން އީމެއިލް އެކައުންޓްވިޔަސް އެހެން އެކައުންޓެއްވިޔަސް "ވެރިފިކޭޝަން"ގައި ހިމެނޭ ހުރިހާކަމެއް ފުރިހަމަކުރާށެވެ. އާއްމުކޮށް މީގައި ހިމެނެނީ ތިމާއާެބހޭ އެހެންމީހަކަްށ ނޭންގޭނެފަދަ މަޢުލޫާމތުދިނުމެވެ. ނުވަތަ ފޯން ނަންބަރު ދިނުމެވެ. ނުވަތަ ތަފާތު ސުވާލުތަކަށް  ޖަވާބުދިނުމެވެ. މި ސުވާލުތަކަށް ތިމާ ދިން ޖަވާބު ހަނާދން ބެހެއްޓުން މުހިންމެވެ. 


ދެވަނަ ކަމަކަށް ތިމާގެ އީމެއިލް އެކައުންޓް "އެޑްރެސް" އަކީ މީހަކަށް ވިސްނައިގަންނަން އުނދަގޫވާނެ އެޑްރެހަކަށްހަދާށެވެ. އަދި އީމެއިލް އެކައުންޓް އެޑްރެސް ކޮންމެ ކޮންމެ މީހަކަށް ނުވަތަ ސައިޓަކަށް ނުދޭށެވެ. ބައެއްފަހަރު ތިމާގެ އީމެއިލްގެ "ސެކިއުރިޓީ"
ދަށްކަމަށްބުނެ އީމެއިލް އައިސްފައި ހުރެއެވެ. އެ އީމެއިލްގައިވާ ގޮތަށް ޢަމަލުކުރުމުގެ ކުރީގައި އެއީ އިތުބާރު ހުރިފަރާތަކުން ފޮނުވައިފައި ހުރި އީމެއިލްއެއްތޯ ބަލާށެވެ. މިގޮތުން ބަސްމަގުގަޔާއި ބަސްލިޔުމުގައި ކުށްހުރިތޯއާއި އަސްލުލޯގޯއާއި އީމެއިލްގައި ހުރި ލޯގޯއާއި ތަފާތު ހުރިތޯ ބެލިދާނެއެވެ. އަދި އެއްވެސް ގޮތްނޭންގޭ ލިންކަކަށް ނުފިތާށެވެ. އެއީ ގާތް ރައްޓެއްސަކު ފޮނުވި ލިންކަކަށް ވިޔަސްހެވެ. އަދި އީމެއިލްގައި ޕާސްވާރޑް ބަދަލު ކުރަން ބުނެފައިވާ ގޮޅިއަށް ފިތާނުލާ އަބަދުވެސް އެކައުންޓުގެ ޕާސްވާރޑް ބަދަލު ކުރާ ތަނުން ބަދަލުކުރާށެވެ. އަދި ތިމާ އެ އެކަންއުންޓަކަށް ވަދެފައިވާ އާލާތް ފިޔަވައި އެހެން އެއްޗަކުން
އެއެކައުންޓަށް ވަދެފިނަމަ އީމެއިލް އެއް ނުވަތަ ފޯނަށް މެސެޖެއްއަންނަ ގޮތްހަދާށެވެ.
އާއްމު އެކައުންޓްތަކަށްވެސް ތިމާގެ އީމެއިލް ބޭނުންކޮށްގެން މީހަކު ވަދެފިނަމަ ފޯނަށް ނުވަތަ މައި އީމެއިލް އެކައުންޓަށް ސަމާލުވުމަށް ބުނެ މެސެޖެއް އަންނަ ގޮތަށްހަދާށެވެ. އަދި ކޮންމެ ކަހަލަ އެކައުންޓެއްވިޔަސް ކޮންމެ ދުވަހަކުވެސް "އެކްޓްވް ސެޝަންސް" ޗެކްކުރާށެވެ. ތިމާ އެ އެކައުންޓެއް ބޭނުން ނުކުރާވަގުތަކު ބޭނުންކޮށްފައި ހުރިއްޔާ އަވަހަށް ޕާސްވާރޑް ބަދަލު ކުރާށެވެ. އަދި އަބަދުވެސް ޕާސްވާރޑް ބަދަލު ކުރާއިރު "ލޮގްއިން" ވެފައިވާ ހުރިހާ ވަސީލާތަކުން "ލޮގްއައުޓް" ވާށެވެ. ހަމައެހެންމެ ދެއެކައުންޓަކަށް އެއް ޕާސްވާރޑް ބޭނުންނުކުރާށެވެ. އަދި ޕާސްވާރޑް ވަރުގަދަ ކުރުމަށްޓަކައި ނަމްބަރާއި ތަފާތު "ސިމްބަލްސް" ބޭނުން ކުރާށެވެ. އަދި މާގިނަ ދުވަހު އެއްޕާސްވާރޑެއްވެސް ގެންގުޅުން ބުއްދިވެރިއެއްނޫނެވެ.

Facebook OTP Preview


މިހާރުގެ ގިނަ އެޕްތައް ހަދައިފައި ހުންނަ ގޮތުން ތިމާ "ލޮގްއިން" ވާން ހުއްދައީފައިވާ ވަސީލަތް ފިޔަވާ އެހެން ވަސީލަތަކުން "ލޮގްއިން"ވާނަމަ ވަކި ވަގުތަކަށް އަދި އެންމެ ފަހަރަކު ބޭނުން ކުރެވޭ ޕާސްވާރޑެއް ބޭނުންކުރާގޮތަށް ހެދޭނެއެވެ. މި ސިފަނެތް އެޕްތަކަށް މިގޮތަށް ހެދުމަށް ވަކި އެޕްއެއްވެސް ބޭނުން ކުރެވިދާނެއެވެ. އަބަދުވެސް ތިމާގެ މަޢުލޫމާތާއި އެކައުންޓްތަށް ރައްކާތެރިކުރާށެވެ.

No comments:

އިޝްތިހާރު