Bodufoshi

އިޝްތިހާރު

އިޝްތިހާރު

ދުނިޔޭގެ އެއްމެ ހިސާބެއްގަ އުޅޭ މަދުން ނޫނީ ނުފެއްނަ ޖަނަވާރު ތަކެއް.

31.10.17 0
ދުނިޔޭގައ އެތަށް މިލިއަން ޖަނަވާރުން އުޅޭއިރު ބައެއް ޖަނަވާރުތަކަކީ ދުނިޔޭގެ އެންމެ ހިސާބަކު ނުވަތަ އެންމެ ތަނެއްގައި ދިރިއުޅޭ އެއްޗެއްސެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބަ ކީ މިއެއްޗެހި އާލާވުމަށް އެކަށީގެން ނުވާތަން ތަން ކަމުގައި ވަނީކަމަށްވެސް ވެދާނެއެވެ. މިއާރޓިކަލްގައި ބަލާލާނީ މިފަދަ ބައެއް ޖަނާވަރުތަކަށެވެ.


1.ލީމަރ

މިއީ އެފްރިކާގެ ރަށެއްކަމުގައިވާ މަޑަގަސްކަރައިގައި އުޅޭ އެއްޗެކެވެ. މިއީ ބުޅަލާއި، ކުއްތާއާއި މުގޮށިމީދާގެ ބައެއް ސިފަތައް އެއްވެފައިވާ ޖަނަވާރެކެވެ. ގާތްގަނޑަކަށް ލީމަރގެ 88 ވައްތަރު މި ޤައުމުގައި ވަޒަންވެރިވެ އުޅެއެވެ. ބަރުދަނުގައި ތިރީސް ގުރާމާއި ނުވަ ކިލޯއާއި ދެމެދު ހުންނައިރު މީގެ ދެހާހަކަށް އަހަރު ކުރިން ރާމާމަކުނުގެ ބޮޑު ވައްތަރެއް ކަމުގައިވާ "ގޮރިއްލާ" އާ އެއް ބޮޑުމިނުގެ ލީމަރވެސް މިރަށުގައި އުޅުނު ކަމަށް ބުނެވެއެވެ. މިއީ ވަރަށް އާދަޔާ ޚިލާފު އުޅުމެއް ހުންނަ އެއްޗެކެވެ. ބައެއް އެއްޗެހި ބޮޑުމަހުގެ އަޑުލައްވައެވެ. އަނެއްބައި އެއްޗެހި ބިމުގައި ހިނގާ އިރު ހީވާނީ "ބެލޭ" ނެށުން ނަށާހެނެވެ. މީގެ އިތުރުން މިއީ ރޭގަނޑު ހޭލާ އުޅޭ ޖަނަވާރެކެވެ. ހޯދުން ތަކުން އެނގިފައިވާ ގޮތުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ނޫޅެ، ހަމައެކަނި މިހިސާބުގައި މި އެއްޗެހި އާލާވާން ފެށުމުގެ ސިއްރަކީ، މިބައިގަ ނޑު އުފެދުމަށް ހުރަސް އަޅާނެ ސަބަބެއް ނެތުމެވެ. އެހެން ގޮ ތަކަށް ބުނާނަމަ މިއެއްޗެހީގެ ޝިކާރަވެރި ޖަނަވާރެއް ނެތުމެވެ. ނަމަވެސް ހިތާމައަކީ މަޑަގަސްކަރައިގައި އިންސާނުން ވަޒަންވެރިވާން ފެށުމުން މިޖަނަވާރުތަކުގެ އަދަދު މަދުވަމުން ދިޔުމެވެ. އަދި މިތަކެތީގެ ވެށި ހަލާއްކު ކުރުމުގެ ސަބަބުން އުޅެން ލިބިފައިވާ ބިން ކުޑަވުމެވ

2.ސުއިނަރައްޕަން
މިއީ މުޅި ދުނިޔޭގައިވެސް ކެއުމަށް ބޭނުން ކުރާ އެންމެ ކުޑަމަހެވެ. މި މަސް އެންމެ ދިގުވަނީ 2.5 ސެންޓިމީޓަރަށެވެ. މި މަސް
އާލާވެފައިވަނީ ފިލިޕިންސްގައެވެ. އަދި އުޅެނީ މީރުފެނުގައެވެ. ނުވަތަ މީރު ފެންގަ ނޑުތަކުގައެވެ.
މިމަސް އުޅެނީ ބައިގަ ނޑުތަކަށް ވުމުން ހިފުމަށް އެއްވެސް ވަރަކަށް އުނދަގުލެއް ނޫނެވެ. ނަމަވެސް މާގިނައިން ހިފުމުގެ
ސަބަބުން 1990ގައި މިމަސް ނެތިގެން ދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އަދި މިކަން އިތުރުވީ މިމަސް އުޅޭ ފެންގަ ނޑުތަކުގައި
އިތުރު ބާވަތްތަކުގެ މަސްތަށް އާލާ ކުރަންފެށުމުންނެވެ. ނަމަވެސް މިހާރު މިމަސް ވަނީ އަލުން އާލާކުރެވި އަދަދު

އިތުރުކުރެވިފައެވެ.

3 .ޓޮކޮއެކާ ކިވީ 

ުދުހުމުގެ ކުޅަދާނަކަން ލިބިފައި ނުވާ މިދޫންޏަކީ ނިއުޒަލޭންޑުގައި އުޅޭ ދޫންޏެކެވެ. މިއީ ނިއުޒަލޭންޑުގެ ގައުމީ ނިޝާންވެސްމެއެވެ. ކިވީއަކީވެސް ލީމަރއެކޭ އެއްފަދައިން ރޭގަ ނޑު ހޭލާ އުޅޭ އެއްޗެކެވެ. މިދޫނީގެ ކާނާއަކީ ކުދި ސޫތްޕާއި ފަނިފަކުސައެވެ. އަދި ބައެއް މޭވާއާއި އޮށެވެ. މި ދޫންޏަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ދޫންޏެކެވެ. އެއް އިރެއްގައި މިދޫނީގެ އަދަދު 12 މިލިއަނުގައި ހުރި އިރު މިހާރު ހުރީ ގާތްގަ ނޑަކަށް 100000 ގައެވެ. ގިނަފަހަރު މިދޫނީގެ ފިޔޮކުގެ އުމުރުގައި ބުޅަލާއި ކުއްތާފަދަ އެއްޗެހީގެ ޝިކާރައަކަށް ވަނީއެވެ.


4 .ޓްރީ ލޮބްސްޓަރ 

1920ގައި މި ސޫތްޕަކީ ނެތިގެން ގޮސްފައިވާ އެއްޗެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އޭގެ ފަހުން 2001ގައި މިސޫފިވަނީ ފެނިފައެވެ. އޭރު މީގެ އަދަދަކީ 24ހެވެ. އޮސްޓްރޭލިއާގެ ލޯރޑް ހަވް ރަށްތަކުގައި އާލާވަމުންދާ މި ސޫތްޕަކީ ދުނިޔޭގެ އެންމެ މަދު ފަނިފަކުސައިގެ ގޮތުގައި ކަ ނޑައަޅައިފައިވާ އެއްޗެވެ.

5.ޕްލެޓިޕަސް
މިއި ހަމައެކަނި އިރުމަތީ އޮސްޓްރޭލިއާގައި އުޅޭއެއްޗެކެވެ. މިއީ ދުނިޔެގައި އުޅޭ ބިސްއަޅާ މަންމަލި ޖަނަވާރުތަކުގެ ތެރެއިން އެއްޖަނަވާރެވެ. އަދި މިއީ މަންމަލި ޖަނަވާރު ތަކުގެ ތެރެއިން ވިހަލާ މަދު ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ ޖަނަވާރެ ކެވެ. ދުނިޔެއިން ޕްލެޓިޕަސް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ނެތް ކަމުގައިވިޔަސް މިއީ ބަންދުކޮށްގެން އާލާކުރުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ އެއްޗެކެވެ. މިއީ ފެތުމަށް ވަރަށް ކުޅަތާނަ ޖަނަވާރެކެވެ. މިހެން ކަމުން ކަމަށްވެސް ވެދާނެއެވެ. ޕްލެޓިޕަސްގެ ދުވަހުގެ ގިނަ ވަގުތު ހޭދަ ކުރަނީ ފެނުގައި ކާއެއްޗެހި ހޯދުމުގައެވެ.
ކިޔާލާ

ވިހަ ސަމާސާ

27.10.17 0


ހެނދުނު ހޭލެވުނީ ހަތެއް ޖަހަނިކޮށެވެ. ފެ ންވަރައިގެން ކޮޓަރިން ނިކުތްއިރު އަންހެނުން ބަދިގެ ދޮށުގައި އުޅެފައި ކޮޓަރިއަށް އަންނަނިއްޔެވެ.އަހަރެން އުޅުނީ ގުޑްމޯރނިންގ އޭ ބުނެ އޭނާގެ ގައިގައި ކުޑަކޮށް ބައްދައިލާށެވެ. ނަމަވެސް އަހަރެންގެ ހަރަކާތަށް ހުއްޓުމެއް އައިސް ކުއްލިއަކަށް ގުދުވެ ބަ ނޑުގައި ބާރަށް ހިފާއްޓައިގެން ތިރިވެވުނެވެ. އަދި މެދުކެނޑުމެއް ނެތި ކެއްސަން ފެށުނެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އަހަރެން އަންހެނުންނަށް ބަލައިލީ އެހީވެދޭށޭ ބުނުމަށެވެ. ނަމަވެސް އޭނާ އަޅާވެސް ނުލިއެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއަހަރެންގެ ވޮލެޓާއި ސައިކަލު ތަޅުދަނޑި ހިފައިގެން އައެވެ. އަހަރެން އޭރު އިނީ މުށިތަކުގެ މަތީގައި ކަކޫ ޖަހައިގެން ބަ ނޑުގައި ހިފާއްޓައިގެންނެވެ.

'' ހޫން! މިޔޮއްކަމެއްދޯ؟ އެހެރަ އޮފީހަށް ދާ ގަޑި ކައިރިވަނީ. އާދޭ އަވަހަށް ސައި ބޯން.'' ސަމާގެ މި ބަސްކޮޅުން އަހަންނަށް ލިބުނީ
ހައިރާން ކަމެވެ.

''ކިހިނެއް ސަމާއަށް އެނގުނީ'' ތެދުވަމުން އަހަރެން އަހާލީމެވެ.

'' ތިދެން ނޭންގޭ ވަރު ކަމެއްތަ؟ ކޮންމެ އަހަރަކު އެއްގޮތެއް ތިހަދަނީ؟ އިނދެގެން މިހާ ދުވަސް ވީއިރު އިނގޭނެ ދޯ؟ އެ ހުރީ ކަލަންޑަރު.
ރަތްކޮށް ބޮޑު އަކުރުން އޭޕްރިލް ފޫލް އޭ ލިޔުނީ އަހަރެން ވިއްޔަ." ސަމާ ފައްޗަކަށް އަމުނާލިއެވެ.

"އާން އޯކޭއޭ!" މިފަހަރު އޭނާ ދެރަކޮށްލާނަމެވެ. ކުރާނީ ހީވެސް ނުކުރާކަހަލަ ކަމެކެވެ. މި ވަރުން އަދި ދުލެއް ނުކުރާނަމެވެ.

"ކޮންމެވެސް ޚިޔާލެއްދީބަލަ!" އަހަރެން ހުރީ އެންމެ ގާތް ދެ އެކުވެ ރިންނާއެކު މެންދުރު ކެއުމަށް ގޮހެވެ.

" އެބަ އޮތް މޮޅުގޮތެއް. ހިނގާ އޭނާއަށް ގުޅާފަ ބުނަން ޖަވާދު އެހެން ބިޓެއް ގޮވައިގެން އުޅެޔޭ." މުޝްރިފް ޚިޔާލު ދިނެވެ.

"ހަމައެކަނި ތިވަރުން ނުވާނެ. އެއީ މަގޭ އަންހެނުންނޭ! އޭނާ ޤަބޫލެއް ނުކުރާނެ ތިހީކުރާހާ ފަސޭހައިންނެއް."
"އެކަން އެކަންޏެއް ނޫނޭ! އަޑު އަހާބަލަ ދޯ މުޅިވާހަކަ އެއްކޮށް. މިހާރު ހަދަންވީ ގޮތަކީ......." މުޝްރިފް ދިޔައީ އޭނާގެ މޮޅު ރޭވުން
ކިޔައިދެމުންނެވެ.

" ބުނަންތަ ވާހަކައެއް؟ މަށަށް ހީވަނީ ތި އެންމެ ފަހުން އަތަށް ގޮވާނީހެން. އެންމެ ފަހުން ތި ސަމާސާ ވިހަވާނީ." އަހުމަދުގެ ޚިޔާލަށް
އެއްވެސް ވިސްނުމެއްނެތި ރޭވުމާ އެއްގޮތަށް މަސައްކަތް ކުރަން އަހަރެން ނިންމީމެވެ.

އަހަރެންގެ މަސައްކަތަކީ އޮފީހުގައި އުޅޭ އަންހެން ކުއްޖެއް ގޮވައިގެން އާރޓިފިޝަލް ބީޗަށް މިއަދު ހަވީރު ދިޔުމެވެ. އޭގެ ކުރިން އަހަރެން އަންހެނުންނަށް ގުޅާފައި ގެއަށް ދެވޭނީ މިރޭ ކަމަށް ބުނީމެވެ. އެއީ އޮފީހުގެ މަސައްކަތްތަކެއް ނިންމަން ޖެހިފައި ހުރީމަ ކަމަށްވެސް ބުނީމެވެ.
ހަވީރު ފަހެއް ޖެހި އިރު އަހަރެން ހުރީ ވަފާ ގޮވައިގެން އާރޓިފިޝަލް ބީޗުގައި ހުންނަ އައްޓެއް މަތީގައެވެ. ވަފާ އިނީ އަހަރެންގެ
ކޮނޑުގައި ބޯއަޅާލައިގެންނެވެ. އަހަ ރެން އިނީ މޫދަށް ކުރިމަތިވާގޮތަށް އިށީ ންދެގެންނެވެ. ވަފާ އިނީ އެއްގަމަށް ކުރިމަތިވާ ގޮތަށް
އިށީންގެދެންނެވެ. އޭނާއަށް ވާނީ އަހަރެންގެ އަންހެނުންގެ ފޮޓޮއެއް ދައްކާފައެވެ. ވަފާއަކީ އަލަށް އޮފީ ހަށް ވަން ކުއްޖެކެވެ. ވީމާ އަހަރެންގެ އަންހެނުންނަކަށް އަދި ވަފާއެއް ނޭންގޭނެއެވެ. ވަފާގެ މަސައްކަތަކީ އަހަރެންގެ އަންހެނުން ފެނުމުން އޭނާގެ ހަރަކާތްތަށް ހުރިނެތް ގޮތް އަހަންނަށް ކިޔާދިނުމެވެ. ވަފާ މިވާހަކަތަށް ކިޔާދޭއިރު ދުރުގައި ހުރި މީހަކަށް މަންޒަރު ފެންނަމުން ދާނީ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާ ވަރަށް ލޯބިން ވާހަކަދައްކާ މަންޒަރެވެ.

މާގިނައިރު އިންތިޒާރު ކު ރާކަށް ނުޖެހުނެވެ. ދަރިފުޅު ގޮވައިގެން ސަމާ އައި ވާހަކަ ވަފާ ބުނެފިއެވެ. ހެނދުނުއްސުރެ އަންހެނުންނާއި
ދަރިފުޅު ނުފެންނާތީ ފަހަތް ބަލާނުލާ އަހަރެންނަށް ކެތްވަނީ ކިރިޔާއެވެ. ކުޑައިރުކޮޅެއް ތެރޭ ވަފާ ދިން ޚަބަރަކީ ސަމާއަށް އަހަރުމެން
ފެނިގެން މަޑު މަޑުން އަހަރުމެންނާ ގާތަށް އަންނަ ޚަބަރެވެ. ވަފާ ވާހަކަ ދައްކަމުން ދިޔައިރު އަހަރެންގެ ކަންފަތް ކައިރީ ހުރި އިސްތަށިތަކާ ކުޅެމުން ދިޔައެވެ.

އަހަރުމެން ކަ ނޑައަޅާފައިވާ މިންވަރަށް ކައިރިއަށް ސަމާ އައުމުން އެތަނުން ދާން އަހަރުމެން ދެމީހުންވެސް ތެދުވީމެވެ. އަހަރެން ތެދުވެ
އެނބުރެލީ ސަމާއަށް ވަރަށް ރަނގަޅަށް އަހަރެންގެ މޫނު ފެންނާނޭ ގޮތަށެވެ. ނަމަވެސް އޭނާ ހުރިކަމަށް ވަފާ ބުނި ދިމާ ބަލާވެސް ނުލަމެވެ. އަދި ވަރަށް ލޯބިން ވަފާގެ ދެއަތުގައި ހިފާ އަހަރެންގެ މޫނުގައި ޖައްސާލީމެވެ. ވަފާގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހުރީ ހަމަ ކިރިޔާކަން އަހަންނަށް އެނގެއެވެ. ކުޑަ ސިކުންތުކޮޅަކު މިހެން ހުރެފައި އަހަރެންމެން ގޮސް ސައިކަލަށް އެރީމެވެ. މިމަންޒަރު ބަލަން ސަމާ ހުރިކަން އަހަންނަށް އެނގެއެވެ. ދެރަވެފައިކަން ޔަގީނެވެ. އަހަރެންގެ ހިތަށް ވެސް ކޮންމެވެސް ވަރަކަށް ތަދުވާހެން ހީވެއެވެ. ވަފާ ސައިކަލަށް އަރައި އަހަރެންގެ ގައިގައި އޮޅުލައި ގަތުމުން ސައިކަލު ދުއްވައިލީމެވެ.

އެވަގުތު އޮފީހުގެ އެހެން އަންހެން ކުއްޖަކު ސަމާއަށް ގުޅާނެކަން އަހަންނަށް އެނގެއެވެ. އެއީ އަހަންނާއެކު އެދިޔައީ އަހަރެންގެ ލޯބިވެރިޔާ ކަމާއި އަހަރުމެން ވަރަށް އަވަހަށް އިންނާނެ ވާހަކަ ސަމާ ގާތު ބުނުމަށެވެ. އަދި ވަރަށް އަވަހަށް ސަމާ ވަރިކު ރާނެ ވާހަކަވެސް ބުނުމަށެވެ. މެންދުރުވެސް އޭނާ ލައްވާ ސަމާއަށް ގުޅީމެވެ. އޭނާއަކީ ސަމާ ދަންނަ، ރަހުމަތްތެރި ކުއްޖަކަށް ވުމުން އޭނާގެ ބަސް ޤަބޫލު ކުރާނެކަން އަހަންނަށް ވަރަށް ޔަޤީން ވިއެވެ. މެންދުރު ސަމާ ގާތު ބުނަން އަހަރެން ބުނީ އަހަރެން ވަގު ލޯބިވެރިޔެއް ގެންގުޅޭތާ ދެތިން މަސްވެއްޖެ  ކަމަށާއި އޭނާއަށް އެކަން ބުނަން ނުކެރިފައި އޮތީ ކަމަށެވެ. އަދި އަހަރެން މިއަދު އޮފީހުގައި ލަސްވާނެ ކަމަށް ބުނެ ދޮގު ހެދީކަމަށާއި، ލޯބިވެރިޔާ ގޮވައިގެން ކޮންމެ ދުވަހަކުވެސް އާރޓިފިޝަލް ބީޗަށް ދާނެ ކަމަށެވެ.

އަހަރެން ރޭގަ ނޑު ގެއަށް ދިޔައީ އަށެއްޖަހާ ބޮޑުވިފަހުންނެވެ. އޭރު ސަމާ އިނީ ކާން ހަދައިގެން އަހަރެންގެ އިންތިޒާރުގައެވެ. އޭނާގެ
ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ސަމާ ފެނުމުން އަހަރެންގެ ހިތް ރޯލިއެވެ. މިކުރެވުނީ އެކަށީ ގެން ނުވާވަރު ބޮޑު ކަމެކޭވެސް ހީވިއެވެ.

" ޖަވާދު. އާދޭ ކާން" އޭނާ އަހަރެންނަށް 'ޖަވާ' ނުކިޔާ ޖަވާދު ކީ ގޮތުންވެސް އޭނާ އެހުރީ ހިތްހަމަ ނުޖެހިފަކަން އެނގެއެވެ. ކިޔަމަންތެރި
ކުޑަ ކުއްޖަކުހެން ގޮސް އަހަރެން ކާންފެށީމެވެ. ކައި ނިންމައިގެން އަތްދޮންނަން ހުއްޓައި އަހަރެންގެ ބަ ނޑަށް ތަދުވާން ފެށިއެވެ. ހަމަ
ހަޤީ ގަތުގައިވެސް ވަރަށް ބޮޑަށް ތަދުވަން ފެށިއެވެ.

"ސަމާ!..ކިހިނެއް މިވަނީ؟ މިފަހަރު ހަމަ އަސްލުވެސް އެބަ ތަދުވޭ." އަހަންނަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ.

" ޖާވާދު އަހަންނަށް ތިދޭ އަނިޔާއާ ބަލާފަ ތީ ކުޑަވަރު. މައިޝާ އަހަރެން ގާތު ނުބުނިނަމަ ދެންވެސް އަހަންނަށް ނޭންގުނީސް. ކީއްވެ
ތިހެން ތިހަދަނީ؟ އަހަންނަށް ދުވަހަކުވެސް ކަމެއް ޖަވާދުއަށް އުނިކޮށް ކޮށްދެވުނީތަ؟ ބުނެބަލަ!" ސަމާ ރޯންފެށިއެވެ. އަހަ ރެން ގެ ބަ ނޑަށް ވަމުން ދިޔަ ތަދު އިތުރުވަމުން ދިޔައެވެ. ހޮޑު ލެވެން އުޅޭހެންވެސް ހީވެއެވެ.

"ކީކޭ ތި ކިޔަނީ؟" އަހަ ންނަށް ރަނގަޅަކަށް ނުވިސްނެއެވެ. ވަމުން ދިޔަ ތަދާ ހެދިއެ ވެ.

"އަހަންނަށް އިނގޭ ޖަވާދު އެހެން ލޯބިވެރިޔެއް ގެންގުޅޭކަން. އަހަރެންގެ މިދެލޮލުން ދުށީ!" ސަމާގެ އަޑު ބާރު ވިއެވެ.

" ލޯބީ! އެއީ މަޖަލަކަށޭ! އެއީ ޕްރޭންކެކޭ! ކީއްތަ މިވަނީ؟ ސަމާ ކީއްކުރީތަ ކާ އެއްޗެއްސަށް އަނެއްކަ؟"އަހަރެން ހާސް ވާން ފެށިއެވެ. ސަމާ އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނުދެއެވެ. ބަލައިލީ ސިންކުމަތީގައި އޮތް ހުސްވެފައިވާ މީދާ މަރާ ބޭސް ފުޅިއަށެވެ. އަދި އަޑުން އަޑު ނަގާ ރޮއިގަތެވެ. އަހަރެންގެ ސިކުނޑިއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެނެވެ.

"ޖަވާ! ތީ މީހު ން ކުރާ ކަހަލަ ސަމާސާތަ؟ ބަލާ އަހަރެންނަށް ކުރެވުނުކަން!" ސަމާ ބުނަމުން ދިޔައެވެ.

"ނުރޮއި...އަ ވަހަށް އެމްބިއުލާންސަށް ގުޅައިދީ." އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާށެވެ. ފުރާނަ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް އޮތީ އޭރުންނެވެ.

" ނޫން! އަހަރެން ޖަވާ ގެން ދާނީ. ސައިކަލުގަ. މާ އަވަސްވާނެ އޭރުން. ހިނގާ." ސަމާ ކަރުނަތަށް ފުހެލާފައި އަހަރެންނަށް ތެދުވާން އެހީވިއެވެ. އަހަރެންވެސް ދެކޮޅުނުހެދީ އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވީމައެވެ.

"އެދިޔައީ ހޮސްޕިޓަލް ފަހަނަ އަޅާ." އައިޖީއެމްއެޗްގެ އިމަޖެންސީ ދޮރު ފަހަނަ އަޅާ ސަމާ ދިޔުމުން އަހަންނަށް ބުނެވުނެވެ. އޭރު ކޮންމެވެސް ވަރަކަށް ތަދު ކުޑަވެފައި ހުރުމުން އަހަންނަށް ވާހަކަ ދައްކަން ފަސޭހަވިއެވެ.

" ސާބަހޭ ދޫން ޏާ! މި ފިރހެނުންވެސް ކިރިޔާ ތަނެއްގަ ރިއްސާލިޔަސް އުޅޭ ގޮތެއް! ކާ އެއްޗެއްސަށް މީދާ ބޭހެއް ނާޅަމޭ. އަހަރެންމީ
ސައިކޯއެއްތަ ތިކަހަލަ ކަމެއްކުރަން؟ އެއީ އެހެން އެއްޗެއް އަޅާފަ. އިރުކޮޅަކުން ތި ތަދު ފިލައިފާނެ."

"ކީކޭ؟"

"މައިޝާ ގުޅާފަ ބުނި އިރުވެސް އަހަންނަށް އިނގޭ އެއީ ދޮގެއްކަން. އަހަރެން އެހެން މީހަކަށް ވުރެ ޖަވާއަށް މާ އިތުބާރު ކުރަން. ދެން
ތިގެން ގުޅުނު ކުޑަ މަންޖެއަކީވެސް މާ މޮޅަށް އެކްޓު ކުރެ ވޭ ކުއްޖެއްނޫން. އޭނާއަށް ހެވޭވަރުން ކަމެއްވިތަ؟ މަށަށް އޮޅުވާލާން ދެންވެސް ނޫޅެތި ތިހެން" ހެމުން ހެމުން ސަމާ ކިޔައިދި ނެވެ.

" ހެހެ. ސަމާ ހާދަ މޮޅޭ. ނަސީބެއްނު ތިހާ އިތުބާރު ކުރާ ވިސްނޭ އަން ބެއް ލިބުނުކަން. އެހެން އަންހެނެއްނަމަ އަހަންނަށް ވިހަ
ކާންދޭނެހެން ހީވަނި."

"ތި ސަލާމަތްވީ މިފަހަރުތާ. ތިގޮތަށް ސަމާސާ ކުރަނިކޮށް ސަމާސާ ވިހަވާ ދުވަހެއްވެސް އައިސްދާނެ އިނގޭ." ސަމާގެ މިޖުމްލައިން
އަހަންނަށް ހެވުނެވ
ކިޔާލާ

ހިކި ހަމަށް ސަމާލުވާނީ ކިހިނެއް؟

27.10.17 0

ކޮންމެ މީހަކީވެސް ރީތި ހަންގަނޑެއް ބޭނުންވާނޭ މީހެކެވެ. ނަމަވެސް މިނަސީބު ގުދުރަތުން ލިބިފައިވަނީ މަދު ބަޔަކަށެވެ. ދެން
ތިބި މީހުން ޖެހެނީ އެމީހުންގެ ހަންގަ ނޑުގެ ރީތިކަން ދަމަހައްޓަން ނުވަތަ ހަންގަ ނޑު ރީތި ކުރަން އެތައް މަސައްކަތް ތަކެއް
ކުރާށެވެ. މި އާރޓިކަލްގައި ބަލާލާނީ ހިކި ހަންގަ ނޑުގެ ވެރިންނަ ށް އެމީހުންގެ ހަންގަ ނޑު ރީތިކޮށް ބެހެއްޓުމައްޓަކައި ކުރެވިދާނެ
ކަންކަމަށެވެ.

ހަންގަ ނޑު ހިކިނަމަ ވާންކަން އިހުސާސުވާނެއެވެ. ހަމައެއާއެކު ހަންގަ ނޑު ހިކިކަންވެސް އިހުސާސުވާނެއެވެ. އަދި ހަމުގައި
ހުންނަ ލޯވަޅުތައް އާދަޔާ ޚިލާފަށް ކުދިވާނެއެވެ. އަދި ހަންގަ ނޑުގައި އޮމާކަމާއި ތާޒާކަމެއް ނުހުންނާނެއެވެ. އަދި ބައެއްފަހަރު
ހަންގަ ނޑުގައި ރޫޖެހިފައިވެސް ހުރެއެވެ. އަދި ބައެއްފަހަރު ހަންގަ ނޑުގެ ބައެއް ތަންތަން ފަޅައިގެން ގޮސްފައި ނުވަތަ
ފަޅައިގެންދާން ކައިރިވެފައި ހުރެއެވެ. އަދި ކުރަކިވެފައިވެސް ހުރެއެވެ. ޚާއްސަކޮށް އުޅަނބޮއްޓާއި ކަކުލުގެ ހަންގަ ނޑެވެ. އަދި
މަދު ހާލަތްތަކުގައި ހަންގަ ނޑު ކެހުންވެސް އެކަށީގެންވެއެވެ.

ހިކި ހަންގަ ނޑަކީ ވާރުތަވާ އެއްޗެކެވެ. ނަމަވެސް ބައެއްފަހަރު ނޭވާ ހިއްލުން ނުވަތަ ތައިރޮއިޑް ފަދަ ބައެއް ބަލިތަކުގެ
ސަބަބުންވެސް ހަންގަ ނޑު ހިކިވުމަށް ދިމާވެއެވެ. އަދި ހަމަ އެހެންމެ އުމުރުން ދުވަސްވާ ވަރަކަށް ހަންގަ ނޑުގައި އުފެދޭ ތެޔޮ
އުފެދުން މަދުވަމުން ދިޔުމުގެ ސަބަބުވެސް ހަންގަ ނޑު ހިކިވެއެވެ. އަދި މިނޫނަސްވެސް އާއްމުކޮށް ބޭނުން ކުރެވޭ ބާރުގަދަ
ސައިބޯނި އަދި ހަންގަ ނޑު ސާފު ކުރުމަށް ބޭނުން ކުރާ އެހެނިހެން ބާރުގަދަ ތަކެތި ބޭނުން ކުރުމާއި، "ސްކްރަބް" ކުރުމުންވެސް
ހަންގަ ނޑު އިތުރަށް ހިކިވުމަށް ފުރުސަތު ދެވެއެވެ. ވީމާ އާއްމު ދިރިއުޅުމުގައި ހަންގަ ނޑަށް އަޅާލާ ގޮތްތަކަށް ބައެއް ބަދަލު
ގެންނަޖެހެއެވެ.


ހަންގަނޑު ދޮވުމުގައި ސަމާލުވާނީ...

ހަންގަ ނޑު ދޮވުމުގައި އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ ގިނައިރު ފެންވެރުމުގައި ހޭދަ ނުކުރުމުވެ. އަދި ހޫނު ފެނުން ފެންވެރުން
ދޫކޮށްލުމެވެ. ގިނަ އިރު ފެންވަރާނަމަ ނުވަތަ ހޫނު ފެނުން ފެންވަރާނަމަ ހަމުގައި ހުންނަ ޤުދުރަތީ ތެޔޮކަން ފިލާދާނެއެވެ.
މިކަމުގެ ސަބަބުން ހަންގަ ނޑު ހިކޭނެއެވެ. ވީމާ ހޫނު ފެނުން ނުވަތަ ތާފަނާ ފެނުން ފެންވަރާނަމަ ވީހާވެސް މަދުން އަދި ކުޑަ
ވަގުތުކޮޅަކުން ފެންވަރައި ނިންމައިލާށެވެ. އަދި ފެންވެރުމަށް ބޭނުން ކުރާ ސައިބޯންޏަކީ ވީހާވެސް ބާރު ކުޑަ އަދި
"މޮއިސްޗުރައިޒިން" އެއްޗެއް ކަމުގައި ހަދާށެވެ.

ހަންގަނޑުގެ ޤުދުރަތީ ތެޔޮކަން ހި ފޭއްޓު މަށްޓަކައި...

ހަންގަ ނޑުގެ ތެޔޮކަން ހިފޭއްޓުމަށްޓަކައި ހަންގަ ނޑު ތެތްކޮށްހުއްޓާ މޮއިސްޗުރައިޒަރ އުނގުޅާށެވެ. ނުވަތަ ފެންވަރައިގެން
ފެންހިއްކުމަށްޓަކައި ތުވާލި ހަންގަ ނޑުގައި ނޫންގުޅައި ހަމައެކަނި މަޑު މަޑުން ޖައްސައިލައިގެން ފެންހިއްކާށެވެ. އެއަށްފަހު
ވީހާވެސް އަވަހަކަށް މޮއިސްޗުރައިޒަރ އުނގުޅާށެވެ. ހަންގަ ނޑުގެ ތެތްކަން ހިފެހެއްޓޭނީ އޭރުންނެވެ. އަދި މިކަމަށް ރަނގަޅު
މޮއިސްޗުރައިޒަރއެއް ބޭނުން ކުރާށެވެ.

ރަނގަޅު މޮއިސްޗުރައިޒަރް އެއް ހޯދާނީ ކިހިނެއް؟

ރަނގަޅު މޮއިސްޗުރައިޒަރއެއް ގަންނަން ބައިވަރު ރުފިޔާތަކެއް ޚަރަދު ކުރުމުގެ ބޭނުމެއްނެތެވެ. ކިތަންމެ އަގުހެވަސް ކިތަންމެ
އަގު ބޮޑަސް ބޭނުންވާނީ އޭގައި ހިކި ހަންގަ ނޑަކަށް ބޭނުންވާ މާއްދާތަށް އެންމެ ގިނައިން ހުރި އެއްޗެކެވެ. އޭގެ ތެރޭގައި މި
މާއްދާތަށް ހުރިތޯ ބަލާލާށެވެ.

ހ. "ސެރަމައިޑްސް"

މި މާއްދާ އެހީވަނީ ހަންގަ ނޑުގައި ފެން ނުވަތަ ތެތްކަން ހިފާއްޓައި ދިނުމަށެވެ. އަދި ހަމައެހެންމެ ހަންގަ ނޑަށް އަރާމުކަން
ގެނުވައިދެއެވެ.

ށ. "ޑައިމެތިކޯން އަދި ގްލައިސެރިން"

މިދެމާއްދާގެ މަސައްކަތަކީ ހަންގަ ނޑުގެ އެންމެ ބޭރު ފަށަލައަށް ފެންދެމުމާއި އެފެން ހަންގަ ނޑުގައި ހިފާއްޓައިދިނުމެވެ.

ނ. "ހަޔަލުރޯނިކް އެސިޑް"

މި މާއްދާއަކީ ސެރަމައިޑްސްއާ އެއް ރޯލެއް ކުޅޭ މާއްދާއެކެވެ.

ނ. "ލެނޮލިން، މިނަރަލް އޮއިލް، ޕެޓްރޯލިއަމް ޖެލީ."

މިތިން މާއްދާއަކީ ފެންވެރުމުން ހަންގަ ނޑުގައި ހުންނަ ތެތްކަމާއި ފެން ހިފާއްޓާއިދޭ ތިންމާއްދާއެވެ.


މިހުރިހާ ކަމެއްގެ އިތުރުން ހަންގަ ނޑަށް އަޅާލުމަށްޓަކައި އަތްވަށް ނިކުންނަ އިރު "ސަންސްކްރީން" ބޭނުން ކުރަން އާދަކުރާށެވެ.
އަދި މި ސަންސްކްރީން އަކީ "އެސްޕީއެފް" ވީހާވެސް މަތި އެއްޗަކަށް ވުމުން ހަންގަ ނޑަށް ފައިދާ ބޮޑުވާނެއެވެ. އަދި އަބަދުވެސް
ހަންގަ ނޑުގައި މޮއިސްޗުރައިޒަރ އުނގުޅާފައި ބަހައްޓަން ހަނދާން ކުރާށެވެ. ހަމައެއާއެކު ކޮންމެ ދުވަހަކުވެސް ހަށިގަ ނޑަށް
ބޭނުންވާނޭ ވަރަށް ފެންބުއިމަށް އާދަ ކުރާށެވެ.
ކިޔާލާ

ފޯނު ފެނަށް ވެއްޓްޓިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް؟

26.10.17 0


މިހާރު އަހަރުމެންގެ ހުރިހާވެސް އެއްޗަކީ މޮބައިލް ފޯނެވެ. އެއީ އަހަރުމެންގެ އެލާރމެވެ. ގޭމު ކުޅޭ ވަސީލަތެވެ. އީމެއިލްކޮށް
އީމެއިލް ލިބިގަންނަ ވަސީލަތެވެ. ކަލްކިއުލޭޓަރެވެ. ބައެއް މީހުންނަށް މިއީ ތިމާގެ ކިޑްނީއަށް ވުރެވެސް މުހިއްމު އެއްޗެކެވެ. މިހާ
މުހިއްމު އެއްޗެއް ހަލާއްކުވެނުދީ ސަލާމަތުން ބެހެއްޓުމަށްވެސް އެތަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. ފޯނު އެންމެ ފަސޭހައިން
ހަލާއްކުވާ އެއްގޮތަކީ ފެންޖެހިގެންނެވެ. ފެން ނުވަންނަ ގޮތަށް މިހާރު ބައެއް ފޯނުތައް އުފައްދާނަމަވެސް ގިނަ ފޯނުތަކަކީ ފެން
ޖެހުމުން ފަސޭހައިން ހަލާއްކުވާ ފޯނުތަކެކެވެ. މޫދަށް ނުވަތަ ސިންކަށް ވެއްޓި ނުވަތަ އެހެން ގޮތަކަށްވެސް ފޯނު ތެމިއްޖެނަމަ
ވީހާވެސް އަވަހަކަށް ފޯނު ސަލާމަތްކުރަން މަސައްކަތް ފެއްޓުން ބުއްދިވެރިއެވެ.

ފޯނު ފެނަށް ވެއްޓުމު ން ނިވިފައި ނުވާނަމަ އަވަހަށް ފޯނު ނިއްވައިލާށެވެ. ފެނުގައި ޖެހި ފޯނު ނިވިއްޖެނަމަ އެގޮތަށް ބަހައްޓާށެވެ.
ހުޅުވަން ނޫޅޭށެވެ. އެއްވެސް ފިތަކަށް ނުފިއްތާށެވެ. އަދި ފޯނަށް ނުފުމޭށެވެ. އަދި ހޫނުވެސް ނުކުރާށެވެ. އަތްވަށްލައިގެން ވިޔަސް
ނުވަތަ ބޯހިއްކާ އެއްޗަކުން ވިޔަސް ހޫނު ނުކުރާށެވެ. އަދި އެއިން ވައިވެސް ނުޖައްސާށެވެ. ވައިޖެހުމުން ފެން އިތުރަށް އެތެރެއަށް
ވަނުން ގާތެވެ. އަދި އެއިން ފޮނުވަނީ ހޫނު ވައިކަމުގައިވާނަމަ އެހޫނުގެ ސަބަބުން ފޯނުގެ އެތެރޭގައިވާ ކުދި ބައިތަކަށް ގެއްލުން
ލިބިދާނެއެވެ. ލޮނު ފެނަށް ވެއްޓެއްޖެނަމަ، ފުރަތަމަ، ފޯނު ސާފު މީރު ފެނަށްލާށެވެ. އެއަށްފަހު މަސައްކަތް ކުރިއަށް ގެންދާށެވެ.
ފޯނު ނިއްވައި ލުމަށްފަހު ބެޓެރިވަކި ކުރެވޭނެނަމަ އަވަހަށް ބެޓެރީ ވަކިކޮށްލާށެވެ. އަދި ސިމްކާޑާއި މެމޮރީ ކާޑުވެސް ނަގާށެވެ.
ދެންވެސް ވަކި ކުރެވެން ހުރި ވަރަކަށް ފޯނުގެ ބައިތައް ވަކިކުރާށެވެ. އިތުރަށް ވަކިކުރަން ނޭންގޭނަމަ އެގޮތަށް ބެހެއްޓުން
ބުއްދިވެރިވާނެއެވެ. ވީމާ ވަކި ކުރެވޭ ހުރިހާ ބައެއް ވަކިކުރުމަށްފަހު ހުރިހާ އެއްޗެއް ތުވާއްޔެއް މަތީގައި ބަހައްޓާށެވެ. އަދި އިތުރު
ތުވާއްޔެއް ބޭނުން ކޮށްގެން ހިއްކުނު ވަރަކަށް ފޯނުގެ ހުރިހާ ބަޔަކުންވެސް ފެން ހިއްކައިލާށެވެ.

ފެން ހިއްކުމަށް ތުވާލި ނުކާއްތާށެވެ. އޭގެ ބަދަލުގައި ތުވާލި ޖައްސާލައިގެން ފެން ހިއްކާށެވެ. ފެން ހިއްކަމުން ދާއިރު ނުވަތަ
ފެނުން ފޯނު ނެގުމަށްފަހުވެސް ފޯނު ގޮތްގޮތަށް ތަޅުވާ އަރިކޮށް ނުހަދާށެވެ. މީގެ ސަބަބުން އިތުރަށް ފޯނުގެ އެތެރެއަށް ފެން
އެޅިދާނެއެވެ. އަދި އަބަދުވެސް ފޯނު ބަންޑުން ނުވަތަ އުއްޑުން ބާއްވާށެވެ. ފެނުން ނަގާއިރުވެސް މިދެގޮތުންކުރެ ގޮތަކަށް
ބާއްވައިގެން ނެގޭތޯ މަސައްކަތް ކުރާށެވެ. ކޮޅަށް ޖަހައިފިނަމަ އަނެއްކާވެސް އެ ފުރުސަތު ދެވެނީ އިތުރަށް އެތެރެއަށް ފެން
އެޅުމަށެވެ.

ކުޑަ ވެކިއުމް ކްލީނަރ އެއް ގެންގުޅޭނަމަ އިތުރަށް ފެން ހިއްކުމަށް ޓަކައި މި ބޭނުން ކުރެވިދާނެއެވެ. އެއީ، މިއީ ފެން ދަމާނެ
އެއްޗަކަށް ވުމުންނެވެ. ވެކިއުމް ކްލީނަރއެއް ނެތްނަމަ ފެންދަމާ އެއްޗަކަށް ފޯނުލާށެވެ. މިސާލަކަށް "ސިލިކާ ޖެލް" ނުވަތަ
ހަނޑުލުގެ ތެރެއަށެވެ. އާދައިގެ ހަ ނޑުލަށް ވުރެވެސް ރަނގަޅީ "އިންސްޓެންޓް ރައިސް" އެވެ. މިއީ ކުރިން ކޮންމެވެސް ވަރަކަށް
ކައްކައިފައި އަދި އޭގެއިން ހުރިހާ ފެނެއް ހުސްކޮށްފައިވާ ހަނޑުލެވެ. ނުވަތަ ބަތެވެ. މީގެ ސަބަބުން މި ހަ ނޑުލުގައި މާއަވަހަށް
އަދި މާބޮޑަށް ފެން ދަމައިގަތުމުގެ ބާރު ހުންނަކަމަށް ވެއެވެ. ވީހާވެސް ގިނަ ހަ ނޑޫ ނުވަތަ ސިލިކާ ޖެލްގެ ތެރެއަށް ފޯނާއި
އެހެން ބައިތަށްލާށެވެ. އަދި އެންމެ މަދުވެގެން 42 ގަޑިއިރު މިއިން އެއްޗެއްގައި ފޯނު ބަހައްޓާށެވެ. ނުވަތަ އެއްވެސް އެއްޗަކަށް
ނުލައި ހިކެން ފޯނު ބާއްވާށެވެ. ހިކެން ބަހައްޓާފައިވާ ވަގުތު ހަމަ ނުވަނީސް ނުވަތަ ބޭނުން ވާނޭ ވަރަށް ހިކެން ވަގުތު ނުދީ
ފޯނު ހުޅުވޭތޯ "ބަލައިލަން" މަސައްކަތް ނުކުރާށެވެ.

ދެދުވަހެއްވަރު ފަހުން ފޯނު ނަގައި ބެޓެރީލައްވައި ޗާރޖު ކުރެވޭތޯ ބަލައިލާށެވެ. ޗާޖުނުވާނަމަ ފޯން ހަދާތާކަށް ގެންދާށެވެ.
ޗާރޖުވާނަމަ އަދި ފޯނު ހުޅުވޭނަމަ ދުވަސްކޮޅެއްވަންދެން އެއްވެސް ތަފާތު ކަމެއް ނުވަތަ މައްސަލައެއް ފެނޭތޯ ބަލާށެވެ.
ފެނިއްޖެނަމަ އަވަހަށް ފޯނުހަދާތާކަށް ގެންދަންވާނެއެވެ.
ކިޔާލާ

ކައިލް 3

22.10.17 0
Kyle  Dhivehi Vaahaka On Bodufoshi


"ވަދޭ. ހުޅުވާފައި." އެތެރެއިން އަޑު އިވުމުން ކައިލް ދޮރުހުޅުވާލިއެވެ. އެއާއެކު ހުރިތަނަށް ގަ ނޑުވިއެވެ. ސިކުނޑިއަށް ފިނިވެ
ލޯބޮޑުވިއެވެ. ކުރިމަތިން ފެންނަން ހުރި މަންޒަރުން ކައިލް ހުރީ ބަސް ހުއްޓިފައެވެ.

އަފާގެ މުޅި ކޮޓަރީގެ ފާރު ފުރާލައިފައިވަނީ ކައިލްގެ އެކިއެކި ފޮޓޯތަކުންނެވެ. ސްކޫލުދައުރުގެ ފޮޓޯތަކެވެ. ޔުނީފޯމްގަޔާއި
އެކިކުޅިވަރުތަކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެވެ. އޮފީހުގައި ހު އްޓާނަގައިފައިވާ ފޮޓޯތަކެވެ. ބޭރުތެރޭގައި އުޅެނިކޮށް ނަގާފައިވާ
ފޮޓޯތަކެވެ. މޫދަށް ފަތަން އަދި މަސްބާނަން ފާލަން ދޮށަށްގޮސް ހުއްޓާ ނަގާފައިވާ ފޮޓޯތަކެވެ. ސީލިންގުގައި ބައެއް ފޮޓޯތައް
އެއްލުވާފައިވެސް ހުއްޓެވެ. ކައިލް ބޭނުންވީ އަވަހަށް ނިކުމުގެންދާށެވެ. މިވަދެވުނި ކިހާވަރެއްގެ މަޅި އަކަށް ކަމެއްވެސް ނޭންގެއެވެ.
"ކައިލް." އަފާ ނިކުތީ ފާހާނާއިންނެވެ.

"ރީތިދޯ؟ އެހެންނު ވާނީ. ކައިލްއަކީ ނުލާހިކު ރީތި މީހެއްވިއްޔަ. އަހަންނަށް ތާޖުމަހަ ލްއެއް ނޭޅުނަސްވެސް ކުރެވޭނެ ވަރު މިއޮތީ
ކޮށްފަ." އަފާ ވާހަކަ ދެއްކީ ފާރުގައި ހުރި ފޮޓޯތަކުގައި ފިރުމާލަމުންނެވެ.
"ކޮބާ ފޯނު؟" ކައިލްއަށް އެތާ ހު ރުމަކަށް ފަސޭހައެއްނުވިއެވެ. ބޮލަށް އެނބުރުން އަރާހެންވެސް ހީވެ އެވެ. އެއް އިރެއްގައި އަފާ
ކައިލްއާ ހެދި އުޅުނުކަން ކައިލްއަށްވެސް އިނގެއެވެ. ނަމަވެސް އެކަންތަށް މިހާ މައްޗަށް ދިޔަކަމެއް އޭނާއަށް އެނގިފައެއް
ނެތެވެ.

" ހަނދާންވޭތަ؟ ހަނދާންވޭތަ ކައިލް އެންމެ ފުރަތަމަ އަހަންނާ ވާހަކަދެއްކި ދުވަސް؟" ކައިލްގެ ސުވާލަށް ޖަވާބުދޭކަށް އަފާ
ނޫޅެއެވެ.

" ހަނދާނެއްނުވޭ. އަހަރެންނަށް ލަސްވޭ. ކޮބާ..."

"ޝްޝްޝް...އަހަރެން ހަނދާން ކޮށްދޭނަމޭ!" އަފާ އޭނާގެ ޝަހާދަ އިނގިލި ތުންފަތުގެ މަތީގައި ޖައްސާލައިފައި ބުނެލިއެވެ.
"އޯކޭވާނެ..ކޮބާ..."

"ކީއްވެތަ އަހަރެން ވާހަކަދައްކާ ނުނިމެނީސް ތިވާހަކަ ދައްކަނީ؟ އަހަރެން ވާހަކަދައްކާ ނިމެންދެން މަޑުން ހުރޭ! އެތާ އިށީންދޭ!"
ރުންކުރު ރާގަކަށް މިހެން ބުނަމު ން އަފާ އިޝާރާތް ކުރީ މޭޒުކައިރީ ހުރި ގޮނޑިއަށެވެ. މިގަޑީ އެންމެ ރަނގަޅުގޮތަކީ
އެގޮނޑީގައި އިށީނުން ކަމަށް ކައިލްއަށް ފެންނާތީ އޭނާ އިށީނެވެ.

" ހަނދާން ކޮށްބަލަ. އެންމެ ފުރަތަމަ ލަވަ މުބާރާތެއް މިރަށުގައި އޮތް އަހަރު. މުބާރާތުގެ ފުރަތަމަ ދުވަހު. އަހަރެން ރަށްވެހިގޭ
ފުރަގަހުގައި އިންދާ އެތަނަށް އައީމެއްނު؟" އަފާ ކައިލް އިން ގޮނޑީގެ ދެއަތްގަ ނޑުގައި ހިފާއްޓާލިއެވެ. އެއްވެސް އެއްޗެއް
ނުބުނެ ހަނުހުރުމަށް ކަ ނޑައަޅައިގެން ކައިލް އިނީއެވެ.

"އަހަންނަށް އިނގޭ ކައިލްއައީ އަހަރެން އެތަނަށް ދިޔަތަން ފެނިގެންކަން. އަހަރެން ހޯދަންކަން. ކައިލްގެ މިހިތަށް..." އަފާ
ކައިލްގެ މޭގައި އަތްޖައްސާލާފައި ހީލިއެވެ. ކައިލް މޫނު އަނބުރާލީ ދުރަށެވެ.

"ކައިލްގެ މިހިތަށް ކެތްނުވިދޯ އަހަރެންގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލާކަށް. އެހެންވެއެއްނު އެވަރަށް
އަހަރެން ހެއްވަން އުޅުނީ." އޭރު ކައިލްގެ ހުންނަ މީހުންނާ ގުޅޭ، ސަކަ މިޒާޖާ މެދު ކައިލް އިނީ މޮޔަހީވެފައެވެ.

"އިނގޭތަ؟ އެދުވަހުގެ މާކުރިންވެސް އަހަންނަށް ކައިލް ކަމުދޭ. އޭގެ ފަހުން އަދި މާބޮޑަށް ކަމުދެ. އަހަރެން ކައިލްދެކެ ވަރަށް
ލޯބިވޭ. އެހެންމީހެއްގެ މީހަކަށް ކަ އިލްވާތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. އެހެންމީހެއްގެ މީހަކަ ށް ކައިލް ވިޔަވެސް
ނުދޭނަން." އަފާ ރުޅިވެރިކަމާއެކު އަނެއްފަރާތަށް އެނބުރުނެވެ.

މީހުން ބުނަނީ ދޮގެއް ނޫންތާއޭ، މީހަމަ އަސްލުވެސް ސައިކޯ ކުއްޖަކީތާއޭ ކައިލްގެ ހިތައްއެރިއެވެ. އަފާ އެހެން ދިމާލަކަށް ބަލަން
ހުރީތީވެ ކައިލް އަވަހަށް ވަށައިގެން ބަލައިލީ އޭނާގެ ފޯނު ފެނޭތޯއެވެ. ފޯނު އޮތީ ގޮނޑީގެ އެއްފަރާތުގައި ހުރި ނިދާ އެނދުގެ
ހެޑް ބޯރޑް މަތިގައި ބާއްވާފައެވެ.

" ކައިލް. އަހަރެންމީ ކައިލްގެ މީ ހެއް. އަދި ތީ އަހަރެންގެ މިލްކެއް. ކައިލް ބޭނުންނަމަ މިހާރުވެސް ކައިލްއަށް އަހަރެން
ލިބިދާނެ. " މިހެން ބުނުމާއެކު އަފާ އޭނާ ލައިގެން ހުރި ޖެކެޓާއި ބުރުގާ ބޭލިއެވެ. ކައިލް ވަގުތުން ލޯމަރާލުމަށްފަހު މޫނު
އަނބުރާލިއެވެ. އަފާ ކައިލްއާއި ގާތަށް އަންނަކަން ކައިލްއަށް އިހުސާސުވެއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތާ އިންނާކަށް
ކައިލް ބޭނުމެއްނުވެއެވެ. ކުއްލި ހަރަކާތާއެކު ކައިލް ތެދުވެ ގޮނޑި އަފާއާއި އޭނާއާ ދެމެދަށްވާގޮތަށް ބަހައްޓާފައި ، ފޯނު
ނަގައިގެން އަވަސް އަވަހަށް ކޮޓަރިން ނިކުމެ، ސިޑިން ފޭބިއެވެ.

"ކައިލް! މަޑުކޮށްބަލަ!" އަފާވެސް ދުވެފައި ކޮޓަރިން ނިކުތެވެ. ކައިލް އެދިޔަ ބާރުމިނުގައި ގޮސް ގޯޅިއަކުން އަޅައިފިއެވެ.
ތިރީގައި އަފާގެ ބައްޕަ އެއްފަހަރު ކައިލް ދިޔަ ދިމާލަށް އަނެއްފަހަރު ނިވާކަން ކުޑަ ހެދުމުގައި ހުރި އޭނާގެ ދަރިފުޅަށް
ބަލައިލިއެވެ. އަފާއަށް ބައްޕަފެނުމުން މުޅިމީހާ ފިނިވެ ބިރުން ރޫރޫއަޅައިގަތެވެ.

"މި ކޮންކަމެއް؟" އަފާގެ ބައްޕަ އަފާއާއި ވާހަކަދެއްކި ސިޓިންގ ރޫމަށް އަފާ ގެނުވާފައެވެ. އެއްވެސް ޖަވާބެއް ނުދީ އަފާ ހުރީ
އިސްޖަހާލައިގެންނެވެ.

"މީ ކޮންކަމެއްހޭ؟ އެއީ ކާކު؟ ބުނޭ!" އަފާގެ ބައްޕަގެ އަޑުބާރުވާން ފެށިއެވެ. މާ އަޑުގަދަވާހެން ހީވުމުން އަފާގެ މަންމަ
މަންސޫރާ ކޮޓަރިން ނިކުތެވެ.

"އިނގޭތަ މަންސޫރާ! މި ގޮތެއްނެތް ކަލޭގެ ދަރި އުޅުނީ ކޮޓަރިއަށް ފިރިހެނަކު ވައްދައިގެންނޭ! ހުރި ނުލަފާކަން ބަލާބަލަ."
މަންސޫރާއަށް ގަބޫލެއް ނުކުރެވުނެވެ. އަފާއަކީ ދުވަހަކުވެސް ފިރިހެންކުއްޖަކާއެކީ އުޅުނު ކުއްޖެއްނޫނެވެ.

"ތިހެން ނުވާނެ ވަހީދޫ. ނިކަ ން ވީގޮތް ފުރަތަމަ އޮޅުން ފިލުވަބަލަ!"

"ހޫން. ނިކަން ކިޔާދީބަލަ. މަ ކިތައް ފަހަރު އަހައިފިން މީނާ ގާތު. ނުބުނެވުނެއްނު."

"ބައްޕާ..."

"މަށަށް ބައްޕާއޭ ކިޔާނެ ކަމެއްނެތް!"

"އެހެންނެއްނޫނޭ..ބައްޕާ..ޤަބޫލު..."އަފާއަށް ބިރުން ރޮވެން ފެށުނެވެ. އެވަގުތު މޮޅު ހިޔާލެއްއައެވެ.

"އޭނާ...އޭނާ.. އުޅުނީ އަހަރެން ރޭޕްކުރަން." އަފާ ރޮމުން ރޮމުން ބުންޏެވެ.

"ކީކޭ؟" އަފާގެ މަންމައާއި ބައްޕައަށް މިހެން އެހުނީ އެކުއެކީގައެވެ.

" އާން..އަހަރެން އޭނާއާ ރައްޓެހިވެގެން އުޅޭތާ މިހާރު ވަރަށް ދުވަސްވެއްޖެ. މަންމަވެސް އަހަރެން އަތުން އޭނާގެ ފޮޓޮލެއް
ދުށީމެއްނު؟ " ވަހީދު ބަލައިލީ މަންސޫރާއަށެވެ. މަންސޫރާ ބޯޖަހާލިއެވެ.

"އޭނާ މިހާރު އުޅެނީ ރަށު ހޮސްޕިޓަލަށް އަލަށް އައިސް އުޅޭ ޖަންނަތުގެ މަޅީގައި ޖެހިގެން. އަހަންނަށް ހީވަނީ ޖަންނަތު އޭނާއަށް
ފަންޑިތަ ހަދާފައިހެން. ޖަން ނަތުއައި ފަހުން އޭނާ އަހަންނާ ވަރަށް ދުރުވެއްޖެ. އަނިޔާވެސް ކުރޭ. މިރޭ އޭނާއައީ އަހަންނާ
ރުޅިވާން. އެވެސް ޖަންނަތު ރަންކީމަ. އަހަރެން ރުޅިވާން އެއްބަސް ނުވީމަ ބުނީ އިންނާށޭ. އަހަރެން ބުނީ ދެއަންބަކަށް
ނީންނާނަމޭ. ކައިލް ޖެހޭނީ ޖަންނަތު ދޫކޮށްލާށޭ. އެހެން ބުނީމަ..." އަފާ އަނެއްކާވެސް ރޯންފެށިއެވެ.

"އޭނާ ބުނީ އަހަރެންމީ އޭނާގެ އެއްޗެކޯ. އޭނާއަށް ބޭނުން ފުދުނީމައޯ އެހެން މީހަކަށް ލިބޭނީ.. މަންމާ." އަފާ އޭނާގެ މަންމަގެ
ގައިގައި އޮޅުލައިގަތެވެ. މަންސޫރާގެ ސިކުނޑިވަނީ ހާސްވެފައެވެ. ނަމަވެސް ވަހީދަކަށް އަފާ އެބުނަނީ ތެދެއްކަމަށް ޤަބޫލެއް
ނުކުރެވެއެވެ. އޭނާގެ ދަރިފުޅުގެ ވިސްނުން ހުންނަ ގޮތް ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އެ ފިރިހެން ކުއްޖާ ދުވެފައި
ދިޔުމުން އަފާ އޭނާއަށް ގޮވިކަން ވަހީދަށް އެނގެއެވެ. އޭނާ މިހާރު ބަލަން ބޭނުންވަނި އެއީ ކޮން ފިރިހެއްކުއްޖެއްތޯއެވެ.

"ހަލޯ؟" ދަންވަރު މިގުޅަނީ ކާކުބާއޭ ކައިލްގެ ހިތަށް އެރިއެވެ.

"ހަލޯ؟ ކައިލް؟ އަހަންނޭ." އެކޮޅުން އިވުނީ ވައިއަޑަކުން އަންހެން ކުއްޖަކު ވާހަކަދައްކާއަޑެވެ.

"ކާކު..." އަހާލެވޭ އިރަށް އެއީ ކާކުކަން ކައިލްއަށް އެނގުނެވެ.

" އަފާއޭ. ކައިލްދެކެ އެންމެ ލޯބިވާ އަފާއޭ." ކައިލް ފޫހިކަމާއެކު ފޯނު ކަ ނޑައިލިއެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ.
"ހަލޯ؟"

"ކީއްވެތަ އަހަރެން ވާހަކަ ދައްކަދައްކާ ހުއްޓާ ތި ފޯނު ކަ ނޑައިލަނީ؟ އަހަރެން..." ފޯނު ކަ ނޑައިނުލާ މޭޒުމަތީގައި ބާއްވާފައި
އަނެއްކާވެސް އޭނާ ނިދިއެވެ.

ހެނދުނު ހޭލައިގެން ފޯނު ބަލައިލިއިރު ފަނަރަ ވަރަކަށް މިސްޑްކޯލް އޮތެވެ. އަދި ވިއްސަކަށް މެސެޖު އައިސްފައި އޮތެވެ. ފަނަރަ
ފަހަރުވެސް ގުޅާފައި އޮތީ އަފާއެވެ. ހުރިހާ މެސެޖެއްގައި ވެސްވަނީ "އައި ލަވް ޔޫ" މިހެންނެވެ. މިޖެހުނީ ބޮޑުކަމަކާއޭ ކައިލްގެ
ހިތަށް އެރިއެވެ.

އޮފީހަށް ވަންނަނިކޮށް ކުއްޖަކު އައިސް ކައިލްގެ އަތުގައި އޮޅުލައިގަތެވެ.

" އަފާ..ކިހިނެއް ތި އުޅެނީ؟" ކައިލް އުޅުނީ އަފާގެ އަތް ނައްޓުވާލެވޭތޯއެވެ. ނަމަވެސް އަފާ ހުރީ ވަރަށް ބާރަށް
ހިފާއްޓައިގެންނެވެ.

" ތީ އަހަރެންގެ ލޯބިވެރިޔާ. އަހަރެންވެސް އޮފީހަށް ވަންނާނީ އަހަ ރެންގެ ލޯބިވެރިޔާގެ އަތުގައި ހިފައިގެން." މަޖާ ވެލާފައި އަފާ
ބުންޏެވެ. ކައިލް އަދިވެސް ދިޔައީ އަފާގެ އަތް ނައްޓުވައިލެވޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އަފާ ކައިލްގެ އަތުން
ދޫކޮށްލިއެވެ. އަދި ކައިލްގެ ޓައީގައި ހިފައި އޭނާއާ ގާތަށް ދަމާލިއެވެ.

"މެންދުރު ކާންދާންވާނީ އަހަންނާއެއްކޮށް" މިހެން ބުނެފައި އަފާ ހޮސްޕިޓަލަށް ވަނެއެވެ. ތަންކޮޅެއް ދުރުގައި މިމަންޒަރު ބަލަން
ޖަންނަތު ހުއްޓެވެ.

"އަހަރެން ދެކުނިން އަފާ އޭނާގެ އަތުގައި އޮޅުލައިގަތްތަން." ޖަންނަތާއި ވާހަކަދެއްކީ އެކީ ޑިއުޓީގައި އުޅޭ މީރާއެވެ.

"ތިޔެއްދެން ނޭންގެ. އަހަންނަށް އިނގެނީ އޭނާ ކައިލްގެ ޓައީގައި ހިފައި ދަމައިގަތްކަން. ކައިލް ވެސް އޭނާ ދުރުކޮށްލާކަށް ނޫޅެ.
ހުރީ އޭނާގެ ކޮނޑުގައި އަތްބާއްވައިލައިގެން. އަހަރެން ލައްވާ ރަންވެސް ކިޔުއްވާފަ ކީއްވެތަ؟..." ޖަންނަތަށް ރޮވޭގޮތްވިއެވެ.
"އޭ.. ހާދަ ހިތް ބައްޔޭ ދޯ؟ ވެދާނެއްނު އޭނާ ޖަންނަ ޓެސްޓު ކުރަ ނީ ކަމަށްވެސް. އިތުބާރު ކުރަނީ ކިހާވަރަކަށްތޯ ބަލަން." މީރާ
ބޭނުންވީ ޖަންނަތު ހިތްހަމަޖައްސައިދޭށެވެ.

"ޓެސްޓު ކުރަނިއްޔޭ؟..." ޖަންނަތު ވިސްނާލިއެވެ.

މެންދުރު ކާންދާން ކައިލް ނައުމުން އަފާ ހުރީ ރުޅިއައިސްފައެވެ. ހޯދަން ދިޔައިމައި ބުނީ ކައިލް ކާން ދިޔަތާ ކިތަންމެ އިރެއް
ކަމަށެވެ. އަފާ ބެލި އިރު ޖަންނަތުވެސް ހޮސްޕިޓަލަކު ނެތެވެ. ޖަންނަތާ އެކީގައި ދިޔައީކަން އެނގުމުން އަފާގެ ރުޅިގަ ނޑު
އިންތިހާޔައް މައްޗަށް ދިޔައެވެ. އަހަރެން ނޫން މީހަކާއެއްކޮށް ގޮސް ކައިލްއަކަށް ހަމަޖެހިގެން ނުކެވޭނެ. އަފާ ހިތަށްއެރިއެވެ.
"އައްސަލާމް ޢަލައިކުމް." ކައިލް ފޯން ނެގީ އޮފީސް ނަންބަރަކުން ގުޅާތީއެވެ.

"އައި ލަވް ޔޫ. ހީނުކުރާތި ތިހާ ފަސޭހައިން އަހަރެން ކައިލް ދޫކޮށްލާނޭ" އަފާކަން އެނގުމާއެކު ކައިލް ފޯން ކަ ނޑައިލިއެވެ.

ކައިގެން އޮފީހަށް އައިއިރު އޭނާގެ މޭޒުމަތީގައި ފިނިފެންމަލަކާއި ޗޮކްލެޓެއް އޮތެވެ.
"މި ކާކުގެ ކަމެއް މިފަހަރު؟" ކައިލް ސުވާލު ކުރުމުން އެކަކުވެސް ޖަވާބެއް ނުދިނެވެ. އެއީ ޖަންނަތު ދިން އެއްޗެއްތޯ ނޫނީ އަފާ
ދިން އެއްޗެއްތޯ ވިސްނާކަށް ކައިލް ބޭނުމެއް ނުވެއެވެ. ދޭތިވެސް ލީ ޑަސްބިނަށެވެ.

މެންދަމުގެ ވަގުތެވެ. މުޅިރަށް އޮތީ ނިދާ ތަންހަރުވެފައެވެ.
"ކޮން ބާކީއެއް ކިއާކަށްތަ؟ ކަލޭ ބުނީ އެއިން ވާނޭ. ވީކަމެއް ހަރާން. ތިކަހަލަ މީހުން ފައިސާ އަތުލަނީ ހުސް ފޭކު
ހަދައިގެންނޭ!" އަފާ ވާހަކަ ދައްކަ މުން ދިޔައީ ފޯނުންނެވެ.

" ކަލޭ ހީކުރީ އެދިނީމަ ވީކަމަށްތަ؟ މަބުނިންދޯ ކާންދޭށޭ! ބުނިގޮތަށް ނުހަދާ މަށަށް ފޭކަށް ނުގޮވާ ! މަގޭ މަސައްކަތުގެ ބާކީ
ގެނޭ!" އެކޮޅުން ވާހަކަދެއްކީ ރަށުން ބޭރުން ރަށަށް އައިސް އުޅޭ ސިހުރު ހާހޫރަ ހަދާކަމަށް މަޝްހޫރު މުހައްމަދު ހިލްމީއެވެ.

" ނުދޭނަން. ކަލެއަށް ކުރެވޭނީ ކީއް؟"

"ކުރެވޭނެ ކަންތައް ބައިވަރު. މަންޖެ މަރާވެސް ލެވިދާނެ." އޭނާ އަފާއަށް ބިރު ދައްކާލިއެވެ. އޭނާއަށް އަފާއަށް ކޮންމެ
ގޮތެއްވެސް ހެދިދާނެކަން އަފާއަށް ވިސްނުނީ ދެނެވެ.

"އެންމެ ރަނގަޅޭ ދޭނަން. މަބުނީމަ ބަލައި އަންނާނީ." މިހެން ބުނެފައި ފޯނު ކަ ނޑައިލި ވަގުތު ކޮޓަރި ދޮރުގައި މީހަކު
ޓަކިޖެހިއެވެ.

އަފާ ދޮރު ހުޅުވައިލިއިރު ދޮރު ކުރިމަތީ ހުރީ ރަށުގައި އުޅޭ ވިޔާނުދާ ގުރޫޕުގެ ސޮރެކެވެ. އަފާއޭނާއަށް ބަލާލާފައި
ހިނިތުންވެލިއެވެ. އަދި ފައިސާ ބޮނޑިއެއް އޭނާއަށް ދިނެވެ.

"މަ ބުނި ކަންތައް ބަރާބަރަށް ކުރާތި. ނޫނިއްޔާ އަނެއްބައި ނުލިބޭނެ."
ކިޔާލާ

މޫނަށް ސަމާލުކަން ދޭވަރަށް ފައިތިލައަށް ސަމާލުކަން ދެވޭތަ؟

22.10.17 0
Moonah Samaalu Kan Dhey Varah Fai Thila Ah


ފައިތިލައަކީ އަހަރުމެންނަށް އެން މެ އަޅާނުލެވޭ އެއްގުނަވަނެވެ. މޫނުގެ ހަންގަނޑު އޮމާން ކުރުމާއި، ލަކުނު ފިލުވުމާއި،
މަޑުކުރުމަށް ސަމާލުކަން ދޭފަދައިން ފައިތިލަވެސް މަޑުކުރުމާއި އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ގިނަފަހަރު ފައިތިލައަށް ތިމާގެ ސަމާލުކަން ހުއްޓޭއިރު އޮންނަނީ ހަންގަނޑު ހިކި، ފުންނާބުގެ ހަންގަ ނޑު ބޯވެ، ކުރަކިވެ
ފަޅައިގެން ދާން ފަށައިފައެވެ.

މޫނަށް ކޮންމެ ދުވަހަކުވެސް އަޅާލާ ފަދައިން ފައިތިލައަށްވެސް ކޮންމެ ދުވަހަކުވެސް އަޅާލުން މުހިންމެވެ. އެގޮތުން ކޮންމެ
ދުވަހަކުވެސް ފަސްމިނެޓާއި ދިހަމިނެޓުގެ ވަގުތަކަށް ތާފަނާ ފެނަށް ފައިތިލަ ލައިފައި ބަހައްޓާށެވެ. އެއީ ބޭކާރު ހަންތައްސާފު
ކުރުމުގެ ކުރިން އެ އެއްޗެހި މަޑުކޮށްލާށެވެ. މާގިނައިރު ފެނަށް ފައިލައިގެން ހުންނަ ނަމަ ހަންގަޑުގެ ތެޔޮކަން ފިލުމަށް
މެދުވެރިވެއެވެ. ފައިތިލަ ލާ ފެން ގަނޑަށް ބޭކިންގސޯޑާ އަދި ވިނެގަރް ފަދަ ތަކެތި އެއްކުރެވިދާނެއެވެ. ވިނެގަރ އަޅާނަމަ އަޅާނީ
ކޮންމެ ދެ ފެންޖޯޑަށް އެއް ޖޯޑު ވިނެގަރގެ މިނުންނެވެ. އަދި އެ ފެނުގައި ފައިތިލަ ބެހެއްޓުން އެން މެ ރަނގަޅީ ގާތްގަނޑަކަށް
ތިރީސް މިނެޓެވެ. ބޭކިން ސޯޑާ ބޭނުން ކުރާނަމަ ދެއެއް ނުވަތަ ތިން މޭޒުމަތީ ސަމުމާ ބޭކިންގސޯޑާ ފެނުތެރެއަށް ގިރާށެވެ. އަދި
ވިއްސަކަށް މިނެޓު މިފެނުގައި ފައިތިލަ ބަހައްޓާށެވެ.

ހަންގަނޑު ރީތިކޮށް މަޑުވުމުން ފައިތިލަ އުނގުޅާ ހިލައެއް ނުވަތަ ބުރުހެއް ބޭނުން ކޮށްގެން ރަނގަޅަށް ފައިގެ ދައްފުށުގައި ހުރި
ބޭކާރު ހަންތައް ފިލުވާށެވެ. ނަމަވެސް މިހަންތަށް ފިލުވުމުގައި މާބާރަށް ހިލަ ނުވަތަ ބުރުސް ކާއްތައި ނުހަދާށެވެ. މާބޮޑަށް ނުވަތަ
މާބާރަށް ކާއްތާނަމަ އެހިސާބެއްގައި ހަންގަ ނޑުއާވާއިރު ބޯވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ފުންނާބު ވަރަށް ހަރުނަމަ ހަމައެކަނި
ފުންނާބުގައި ހިލަ ބޭނުން ކުރުމެވެ. އަދި އެހެން ހިސާބުތަކުގައި ބުރުސް ބޭނުން ކުރުމެވެ.

މިކަން ނިމުމަށްފަހު ފައިތިލަ "ސްކްރަބް" ކޮށްލާށެވެ. މިކަމަށްޓަކައި އަމިއްލަ ސްކްރަބެއް ހެދިވެސްދާނެއެވެ. ނުވަތަ ގަނެގެންވެސް
ބޭނުން ކުރެވިދާނެއެވެ. އަމިއްލަ ސްކްރަބެއް ހަދާނަމަ އެލޮވެރާ ޖެލްއާއި ގްރައިންޑް ކޮފީ އެއްކޮށްގެން ސްކްރަބެއްހަދާށެވެ.
ފުރަތަމަ މި ސްކްރަބް މާސްކެއްހެން ފައިތިލައިގައި އުނގުޅައިފައި ދިހަވަރަކަށް މިނަޓު ބަހައްޓާށެވެ. އެއަށްފަހު ލަސްލަހުން
ރަނގަޅަށް ފައިތިލަ މަސާޖު ކޮށްލާށެވެ. އެއަށްފަހު ދޮވެލާފައި ރީތިކޮށް ހިއްކައިލާށެވެ. ހަމަގައިމުވެސް ހަންގަނޑުގެ މަޑުކަމާއި
އޮމާންކަން އިހުސާސްވާނެއެވެ. އެންމެ ފަހުކަމަކަށް ފައިތިލައިގައި "މޮއިސްޗުރައިޒަރ"އެއް އުނގުޅައިލާށެވެ.
މާބޮޑަށްބޭރަށްގޮސް ނޫޅޭނަމަ ކޮންމެ ދުވަހަކު ފައިތިލަ ސްކްރަބް ކުރުން ރަނގަޅެއް ނޫނެވެ. ހަފްތާއަކު ދެފަހަރު ސްކްރަބް
ކުރުމުން ރަނގަޅުވާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް "މޮއިސްޗުރައިޒަރ" ބޭނުން ކުރާށެވެ. އަދި މަސައްކަތް
ނިންމައިލައިފައި ގެއަށްއައިސް ފައިތިލަ ރީތިކޮށް ދޮވެލާށެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި ފައި މަޑުކުރަން ބޭނުން ނަމަ ރޭގަ ނޑު ނިދުމުގެ ކުރީގައި ފައިތިލައިގައި މޮއިސްޗުރައިޒަރ
އުނގުޅާފައި އިސްޓާކީނެއް ލައްވައިގެން ނިދާށެވެ. ވެސްލިންއަކީ ގިނަބައެއްގެ މެދުގައި މަޤްބޫލު މޮއިސްޗުރައިޒަރއެކެވެ.
ފައިތިލަ ސާފުވެ، މަޑުވެ، އޮމާންވިނަމަވެސް މިއާދަތަކާއި ދުރުނުވާށެވެ. ނަމަވެސް ދުވަސްކޮޅަކަށްފަހު ކޮންމެ ދުވަހަކު
ތާފަނާފެނަށް ފައިލައިގެން އިނުން މުހިއްމެއްނޫނެވެ. ނަމަވެސް އަބަދުވެސް މޮއިސްޗުރައިޒަރ އުނގުޅާފައި ބެހެއްޓުން މުހިއްމެވެ.
އަދި އަބަދުވެސް ގެއިން ބޭރުން އައިސްފައި އަދި ނިދުމުގެ ކުރިން ރީތިކޮށް ފައިދޮވެލަންނާނެއެވެ.
ކިޔާލާ

ކައިލް 2

22.10.17 0


 " ގުޑްމޯރނިންގް އަފާ! ކިހިނެއްވެފަ ތިއިނީ؟" ކައިލްއާއެކު އައި މާހިދު އެހިއެވެ.
 "ނުވޭ ކަމެއް." އަފާއަށް ޖަވާބު ދެވުނީ ކައިލްއަށް ބަލަމުްނނެވެ.
"އެހެންނުވާނެ ތިހުރި...ފަހަީރ!" މާހިދު ދައްކަން ހުރިވާހަކަ މެދުކަނޑާލައިފައި ރާގުލާފައި އެތަނަށް އައި ނަރުސް ކުއްޖަކަށް ގޮވާލިއެވެ. އެއީ އަފާ ދަންނަ ކުއްޖެއް ނޫނެވެ. ބޮޑަށް ހީވަނީ އަަލށް ވަޒީފާއަށް ނިކުތް ކުއްޖެއްހެްނނެވެ. ހިތާދޫ ކުއްޖެއްހެންވެސް  ހީނުވެއެވެ. އަފާ އެކުއްޖާއަށް ރަނގަޅަށް ބަލާލިއެވެ.
 "ވެލްކަމް! ވެލްކަމް! ކިހިނެއްވަީނ ފުރަތަމަ ޑިއުޓީ؟" ސައީދު އެކުއްޖާއާގާތަށް ޖެހިލާ އަހާލިއެވެ.

" ފަރސްޓް މިހެދީ ދަންވަރު ޑިއުޓީތާ..އެހާ ބުރައެއް ދެންނުާވނެ ޯދ ރަށްރަށެއް. އެކަމަކު ނިދާލާކަށް ނުކެރުނު. މިހާރު މިހުރީ  ހަމަ ނިންޖަށް ޖެހިފާ" 
" ހާސްވާނެ ކަމެއްނެތެއްނު؟ މިުހރީ ފިރިސޮރު. އަވަހަށް އޭނާ ގެއަށް ގެންގޮސްދީބަލަ ދެންވެސް." މާހިދު ކައިލް ޖަންނަތާ ގާތަށް ކުޑަކޮށް ކޮށްޕައިލިއެވެ. މާހިދު ބުނި ޖުމްލަތަށް އަފާގެ ކަންފަަތށް އިވުނީ ބާރު ގުގުރިއެއްހެނެންވެ. ހަށިގަނޑުގެ އެންމެ  ހިމަނާރަށްވެސް އަސަރު ކުރިހެން ހީވިއެވެ.
 "އަދި ފިރިޔެއްނޫނެއްނު ދޯ؟" ކައިލް ޖަންނަތާއި ވާހަކަދެއްކިއެވެ. ކުރީގެ ސަކަމިޒާޖެއް މިހާރު ކައިލްގެ ނުހުރެއެވެ. 
އެމީހުން ކުޑައިރުކޮޅަކު ވާހަކަދައްކަން ތިބެފައި، ކައިލް "ޕަންޗްއިން" ކޮށްގެން އައިސް ޖަންނަތުެގ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭރުވެސް އަފާއަށް ހުރެވުނީ ބުދެއްހެނެވެ. ފެްނނަ މަންޒަރުތަކާއި އިވެމުންދާ އަޑުތަށް އެއީ ހަޤީގަތް ކަމަށް ޤަބޫލު ކުރަން އުނދަގޫވެފައެވެ. އަފާއަށް ހީވީ ދުނިޔެ ނިމުނުހެންނެވެ. ޭބނުންވީ ހިތް ފުރެންެދން ރޮއިލާެށވެ. ހިތްވަރުކޮށްލާފައި މަސައްކަތުގައި މަޝްޢޫލުވިނަމަވެސް ވިސްނުން ހުރީ މުޅިން އެހެން ދިމާއެއްގައެވެ. އެދުވަހު މެންދުރު ކާން ގެއަށްގޮސްފައި  ބޮލަށް ތަދުވެއޭ ުބނެ އޭނާ ހޮސްޕިޓަލަކަށް އަލުން ނުދެއެވެ.
'އެއީ ކާކުހެއްޔެވެ؟ އަހަންނަށް ޭނންގި ކައިލްއާއި އެހާ ގާތް ގުޅުމެއް އެނާ އުފެއްދީ ކިހިނެއްހެއްޔެވެ؟ ' މިފަދަ އެތަށް  ހިޔާލުތަކަކުން އަފާގެ ބޮލަށް އުނދަގޫވާން ފެށިއެވެ. 
އޭގެފަހުން ކޮންމެ ދުވަހަކުވެސް އަފާއަށް ހޮސްޕިޓަލުން ފެންނަނީ ކައިލްއާއި ޖަންނަތު އެކުއެކީ އުޅެ ހީސަމާސަ ކުރާ މަންޒަރެވެ. މިމަންޒަރުތަށް ފެންނަ ކޮންމެ ަފހަރަކުވެސް އަފާއަށް ހީވަނީ މީހަކު އޭނާގެ ހިތަށް ބާރަށް އޮއްބާާލހެންނެވެ. އެދެމީހުން ކިަތންމެ ލޯބިން އުޅުނަސްވެސް އަފާ ޤަބޫުލ ކުރަނީ ކައިލް އެއީ އަފާގެ ހައްޤެއްކަމުގައެވެ. އޭނާ ބޭނުންވަނީ ޖަންނަތާއި ކައިލް  ދުރުކުރުވާށެވެ. ކައިލް އޭނާ ދެކެ ލޯބިވާށެވެ. ކައިލްއަށް ޯލބި ހުށަައޅަން އަދިވެސް ލަހެއްނުވެއޭ އަފާގެ ހިތްބުނެއެވެ.
  ' އެހެން ރައްޓެހިވެ އުޅެފައި ރުޅިވަނީ ކިތައްމީހުން؟ އެމީހުންެވސް ހަމަ ރުޅިވެދާނެއްނު.' އަފާގެ ހިތްބުނެއެވެ.
 
"ކައިލް. އަހަރެން ވާހަކައެއް ބުނަން ބޭނުން. މިއަދު ލަންޗަށް އަަހންނާއެއްކޮށް ދެވިދާނެަތ؟" ކައިލް އޮފީހައް ވަންވަގުތު  ދިމާވެގެން އަފާ އެހިއެވެ.
 "ލަންޗްދޯ..؟ ލަންޗް އަބަދުވެސް ކަނީ މިހާރު ޖަންނައާއެއްކޮށް..ސޯ..."
 "އެންމެ ދުވަހަކު...އަލަށް އަދި އަހަރެން މި ކައިލްގާތު ކަމަކު އެދުނީވެސް."އަފާ ކައިލްގެ ވާހަކަ މެދުކަނޑައިލިއެވެ.
"އަހަރެން ގާތު ބުނާނެ މާބޮޑު ާވހަކައެއްވެސް ދެން ނޯންނާނު. ިމހާރު ބުނެބަލަ." ޖަްނނަތު ނޫން އެހެން އަންހެން ކުއްޖަކާއެކު  އެއްވެސް ތާކަށް ދާކަށް ކައިލް ބޭނުމެއްނުވެއެވެ.
 " އެއީ އަހަންނަށް ވަރަށް ބޮޑު، ވަރަށް މުހިންމު ވާހަކައެއް." އަފާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުާމއި ރުންކުރުކަމެވެ.
 "އޯކޭ..އޯކޭ." ކައިލް އެންމެފަހުން އެއްބަސްވިއެވެ. އަފާ ރުޅިއައިކަން އެނގުމުންނެވެ. 
މެންދުރު ކާންދާ ވަގުތު ޖެހުމުން އަފާ ކައިލްގެ މޭޒަށް ގުޅައިފައި އަންގައިލިއެވެ. މާލަސްތަކެއްނުވެ ކައުންޓަރު ކައިރިއަށް ކައިލް  އައެވެ. އެހާއަވަހަށް އޭނާ އައުމުން އަފާ ހުރީ އުފަލުން ފޮޅިފައެވެ.
"ހިނގާ ދާން." ހޮސްޕިޓަލުން ިނކުންނަން ދަމުން އަފާ ުބންޏެވެ. ކައިލް ގޮސް ސައިކަލަށް އެރުމުން އަފާވެސް އަރަން އުޅުމުން  ކައިލް އޭނާ ހުއްޓުވިއެވެ.
 " ކީއްތަވީ؟" މައުސޫމުގޮތަކަށް އަފާ އަހާލިއެވެ.
 
"ކަމެއްނުވޭ! އަފާ ހިނގައިފައި އަންނަންވީުނ؟ މީހުން ހީކުރާނީ ީކކޭ؟" އޭނާގެ ސައިކަލު ފަހަތަށް އެހެން އަންހެން ކުއްޖެއް އަރުވައިގެން ދާތަން އެއްވެސް މީހަކަށް ފެންނާކަށް ކައިލް ނޭދެއެެވ. ޚާއްސަކޮށް ޖަންނަތަށެވެ. ޖަންނަތުގާތު ސަބަބެއް ުނބުނެ  އެކީ ކާންދިޔުން ކެންސަލް ކުރެވުނީތީވެސް ކައިލް ހުރީ ދެރަވެފައެވެ.
 "މީހުން އެއްޗެކޭ ހީކުރާނެތަ؟ އަހަރުމެންމީ އެއްތަނެއްގަ މަސައްކަތް ކުރާ ދެމީހުންނެއްނު؟ ހަމަ..."
 " ހިނގާ ދެމީހުންވެސް ހިނގާަފއިދާން.." ކައިލް އަފާގެ ވާހަކަ މެދުކަނޑައިލިއެވެ.
އެމީހުން ދިޔައީ ހޮސްޕިޓަލާއި މާދުރުނޫން ހިސާބެއްގައި ހުންނަ ެކފޭއަކަށެވެ. ކާއެއްޗެހި އޯޑަރު ކުރުމަށްފަހު އަފާދައްކަން ބޭުނންވާ  ވާހަކައާ ބެހޭގޮތުން ކައިލް ސުވާުލ ކުރިއެވެ.
 "ވާހަކަދޯ؟ އިހަށް އެބާއްވާ އެންެމ ފަހުކަމަކަށް. ކައިލް ކިހިނެއްތަ؟" އަފާ ބޭނުންވީ ވީހާވެސްގިނަ ވާހަކަ ކައިލްއާއި ދައްކާށެވެ.
 " ރަނގަޅު."
 "ޖަންނަތާއި ދިމާވީ ކޮންތާކުްނ؟ ކިހާ ދުވަހެއްވެއްޖެ ރައްޓެހިވެގެން އުޅޭތާ؟ "
"އަޅެ މަށަށް މިއާދެވުނީ އިންޓަވިއުއަކަށްތަ؟" އަފާގެ ސުވާލުތަކުްނ ކައިލް ކުޑަކޮށް ހިތްހަމަނުޖެހުުނނަމަވެސް ސުވާލުކޮށްލީ  މަޖާވެލާފައެވެ.
 "ނޫނޭ. ދެން ބުެނބަލަ. އަހަރެން ކައިލް ދަންނަތާ ކިތަށް އަހަރު؟ ދުވަހަކުވެސް އަންހެން ކުއްޖަކާއެއްކޮށް ނުދެކެން."
 
"ޖަންނައާދިމާވީ މާލެއިން. އެއީ މިރަށަށް ކިޔަވަން ބަދަލުވުމުގެ ކުރީގައި. ރައްޓެހިވީ އޭލެވެލް ނިންމާފައި މާލެގޮސް. ދެމީހުންވެސް އޭރު އެއްބަސްވިން ކިޔަވާ ނިންމާފަ ރައްޓެހިވާން. އަހަރެން ހެދީ އޭލެވެލް. ޖަންނަ އޯލެވެލް ނިންާމފަ ހެދީ ނާރސިންގ. އޯކޭތަ  މިވަރު؟"
 "އެހެން ދޯ؟...އެއީ މިރަށު ކުއްޖެއްނޫން ދޯ؟" މީ މިދެމީހުން މާުކރިން ފަށައިގެން އުޅޭކަމެއްތާއޭ އަފާގެ ހިތަށްއެރިއެވެ.
 "ނޫނޭ. ނޭންގޭަތ؟ އެއީ މިރަށު ކުއްޖެކޭ. ވަރަށް ކުޑައިރު މާލެއަށް ބަދަލުވީ." 
 "އެހެންދޯ؟" ވާހަކަ މިހިސާބަށް ދިޔަތަނުން ކާއެއްޗެހި ގެނަސްފިއެވެ.
"ކޮބާއޭ ދައްކަން އުޅުނު ވާހަކައަކީ؟" ކައިލް ބޭނުންވީ އަވަހަށް ަކއިގެން އަވަހަށްދާށެވެ. މިހާރުވެސް މާލަސްވެއްޖެހެން އޭނާއަށް  ހީވާން ފަށައިފިއެވެ.
 " ދެން މިހާރަކު ނޫން. ދެޚިޔާލެއްގަ އަނެއްކާވެސް މިހުރީ." އަފާ އަދި ބޭނުންވީ އެވާހަކަ ނުުބނެ ބާއްވާށެވެ. 
 ޖެހިގެން އައި ދުވަހު ކައިލް އޮފީހަށް އައިއިރު މޭޒުމަތީ ފިނިފެންަމލެއްއޮތެވެ. 
 "އޭ މީކާކުކަމެއް؟" ކައިލް އެހީ އެތާ ތިބި އެންމެން ކައިރީގައެވެ. 

"ތިޔެއްނޭންގެ. ކައިލްއަށްކަން އިނގެނީ. ދެންގެްނނަން ހުރީ އެްނމެ މީހެއްތާ." މާހިދު ދިމާކޮށްލިއެވެ. މާ ނަގާ ވަސްބަލާލަމުން  ކައިލް ހިނިތުންވެލިއެވެ.
"ތޭންކިޔު ފޮދަރޯސް. މިއަދު ވަރަށް ހިތްހަމަޖެހިލައިެގން އުފަލުން ހުރެ ވާރކް ކުރެވުނީވެސް." ކައިލްއަށް ޖަންނަަތށް ޝުކުރުއަދާ  ކުރަން ފުރުސަތެއް ލިބުނީވެސް މެންދުރު ކާންދިޔަގަޑީގައެވެ.
 "އެނ؟ ކޮން ރޯސްއެއް؟" ޖަންނަތަށް ކައިލް ދައްކާ ވާހަކަ އެނގުނު ކަމަކަށްނުވިއެވެ.
" ޖަންނަ ހެނދުނު ހެނ ުދނާ ސިއްރު ސިއްރުންގޮސް އަހަރެންގެ މޭޒުމައްޗަށްލީ ރޯސްއެއްނު؟" ކަ އިލް ހީކުރީ ޖަންނަތު މަޖާ  ކުރަނީކަމަށެވެ.
"ހޫން އެހެންނޯ. "ޖަންަނތު ވިސްނަމުން ދިޔައީ އެއީކާކުގެ ކަމެއްކަމެވެ. ހަމަ ގައިމުވެސް ޖަންނަތަކަށް ކައިލް އިންނަ މޭޒެއްވެސް  ނޭންގެއެވެ. ނަމަވެސް ހޮސްޕިޓަލުގެ ކިތަންމެ ކުއްޖަކު ކައިލްއާހެދި އުޅޭކަން ޖަންނަތަށް އެނގެއެވެ.
މިއަދަކީ ކައިލްއާއި އިންނަން ޖަންނަތު ރަންކިޔާދުވަހެވެ. މުޅި ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި އޮތީ އެވާހަކައެވެ. އިތުރަށް ވަގުތު ފާއިތު ނުކޮށް ލޯބިާވވާހަަކ ކައިލް ގާތުބުނަން އަފާ ިނންމިއެވެ. މިހާރުވެސް މާބޮޑަށްވެސް ލަސްވެއްޖެކަން އަފާއަށް  އިނގެއެވެ. ތެޔޮނާށި ކާޅު ޖަހައިގަންނަތަން ބަލަން ހުްނނާކަށް ައފާ ބޭނުމެއްނޫނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، އޭގެ ކުރިން ދުވަހުގެ ފައިސާ ބަލައި ކައުންޓަރު ދޮށަށް ކައިލް އައުމުން އަފާ ވަރަށް  ހިތްވަރުކޮށްފައި ކައިލްއަށް ގޮވާިލއެވެ.
 "ކައިލް..އަހަރެން ވާހަކައެއް ބުަނން ބޭނުން."

 "ތިވާހަކައެއް ނުބުނެވިގެން އުޅޭާތ ކިހާދުވަހެއް؟ ނިކަން ުބނެބަލަ." ކައިލް މޭޒުމައްޗައް ގުދުވެލިއެވެ.
 "އައި ލަވް ޔޫ ކައިލް..." އިސްޖަހައިގެން ހުރެ މަޑުމަޑުން އަފާ ބުންޏެވެ.
 "ކީކޭ؟ އަޑެއް ނީވުނޭ.." 
 "އައި ލަވް ޔޫ" އަފާ ކައިލްގެ ދެލޮލަށް ބަަލން ހުރެ ބުންޏެވެ. ކައިލްއަށް އަފާއަށް ބަލަހައްޓައިެގްނ ހުރެވުނީއެވެ.
"ހެހެ..މާހިދުމެންގެ ކަމެއްދޯ؟ ެއމީހުން އެއުޅެނީ އަދިވެސް ކުރާނެ ކަންކަން މަދުވެގެންތަ؟ ބުނޭ ެއހެންނެއް އަހަރެން ނުގުޑޭނޭ."  ހެމުން ހެމުން ކައިލް ބުންޏެވެ.
" މީޙަކު މިހެން ބުނާށޭ ބުނީމަާކނޫން. ކައިލް. ހަމަ އަސްލުވެސް އަހަރެން ކައިލް ދެކެ ލޯބިވޭ!" އަފާ އިން ގޮނޑިން ތެދުވިއެވެ.  އޭރު ކައިލް ރުފިޔާތަށް ގުނަނީއެވެ.
"ހުމް އަހަރެންވެސް ލޯބި ވެއޭ!" އަފާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ކައިލް ބުނެލިއެވެ. އަފާއަށް ހީވި އޭނާގެ މުޅި  ދުނިޔެ އުޖާލާވިހެންނެވެ.
 "އަސްލުތަ؟ އަޅެ އަސްލުތަ؟" އަފާ ދެއަތުން އަމިއްލަ މޫނުގައި ިހފާއްޓާލިއެވެ.
 "އަސްލުތަ ކައިލް؟" ކައިލް ޖަވާބެއް ނުދިނުމުން އަފާ ބޯއަރިކޮށް ކައިލްގެ ލޮލަށް ބަލަން މަސައްަކތް ކުރިއެވެ.

"ހުމް. ބުނޭ އަހަރެން ޖަންނަދެެކ ވަރަށް ލޯބިވެއޭ. ދުވަހަކުވެސް އޭނައާ އަހަންނާ ވަކިކުރަން މަޖަލަކަށްވެސް ނޫޅޭށޭ. ތި  މާހިދުމެންވެސް މިހާރު މާމައްޗަށް ދަނިއްޔޭ." ރުފިޔާތައް ހިފައިގެން ހިނގައިގަންނަމުން ކައިލް ހީލާަފއި ބުންޏެވެ. 
އަފާގެ މޫނުމަތިން ވަގުތުން ިހުތންވުން ފިލައިގެން ދިޔައެވެ. މޫަނށް މާޔޫސްކަމާއި ރުޅިވެރިކަން ވެރިވިއެވެ. އެއްލިކަޅިން އަފާގެ ލޮލުގައި އަޅައިގަތީ ކައިލްގެ ފޯނެވެ. ހަނދާންނެތިެގން އޭނާއަށް ެއއޮތީ އެ ބާއްވާފައި ދެވިފައެވެ. ކުއްލިއަކަށް ބޮލަށް ވެރިވި  ހިޔާލަކުން އަވަސް ހަރަކާތާއެކު ކައިލްގެ ފޯނު އަފާގެ ދަބަހަށް ިލއެވެ.
" ނިކަން ގުޅާލަބަލަ. އަހަންަނށް ހީވަނީ ކެފޭގަ ބެހެއްުޓނީހެން ތިަޔ. އޮފީހަކުވެސް ނެތެއްނު." ޖަންނަތު ވާހަކަދެއްކީ  ކައިލްއާއެވެ. 
"ވަރަށް ގުޅައިފިން. ދެން ގުޅާ ގުޅާ ބެޓެރި ދާނީހެން މަށަށް ހީަވީނ. މިރޭ އަދި ގުޅާނަން. ބަންގާޅީއަކު އަތުގަ ޖެހިއްޖެއްޔާ  ނުލިބިދާނެ."
" ވަކި ބަންގާޅީއެއް ނޫންދޯ؟ ކޮންމެ މީހަކު އަތުގަ ޖެހުނަސްވެސް ނުލިބިދާނެ. އެކަމް މިރޭ ބަލާަބލަ. ނިދަމުން ނުގުޅިއްޖެއްޔާ  ރަނގަޅަށް ނުވެސް ނިދޭނެ." ގެއަށް ވަންނަމުން ޖަްނނަތު ބުންޏެވެ.
 "އަހަންނަށްވެސް." ޖަންނަތަށް ަހނާ އަޅާލަމުން ކައިލް ބުންޏެވެ.
"ހަލޯ؟" ރޭގަނޑު ކައިލް އޭނާގެ ފޯނަށް ގުޅާލި ފުރަތަމަ ރިންގާއެކުވެސް ފޯނު ނަގައިފިއެވެ. އެކޮޅުން އިވުނީ އަންހެން ކުއްޖެއްގެ  އަޑެވެ.
 "ހަލޯ؟ ކޮންބޭފުޅެއްޯތ؟"
 
 "ތީ ކޮންބޭފުޅެއްތޯ؟"
 "މީ ފޯނުގެ ވެރިފަރާތް" ސުވާލު ކުރީ ދަންނަ އަޑެއްގެ ވެރިފަރާތްހެން ކައިލްއަށް ހީވިއެވެ.
 "އާން.ކައިލް ދޯ؟ މީ އަފާއޭ."
 "އޯހް.އަފާ އަތަށް ކިހިނެއް އަހަރެންގެ ފޯނު ދިޔައީ؟"
 "ހިނގާލާފައައީހަމަ. އެދޮގެއް. އޭރު ރުފިޔާ ބަލާ އައިއްސަ ބަހައްޓާފަ ދިޔައީ."
"އެހެންތަ؟ އެކަމަކު އަހަރެން ިދޔައީމެއްނު ކައުންޓާރު ދޮށަށްވެސް ހޯދަން. ބުނީމެއްނު ެނތޭ." ކައިލް މިސުވާލު ކުރުމުން އަފާ  ކުޑަކޮށް ހުއްޓުން އެރިއެވެ.
"އޭރު ނުދެކެމޭ އަހަރެންވެސް. ފަހުން ފެނިގެން ެބލިއިރު ކައިލް ޑިއުޓީ ނިންމައިފައި ހިނގައްޖެ." ވިސްނައިލައިފައި އަފާ ޖަވާބު  ދިނެވެ.
 "އެބަދަން އިނގޭ ބަލައި."
 "އޯކޭ އައިސް އަފާގެ ފޯނަށް އިނގޭ ގުޅާނީ".

 މާލަހެއްނުވެ ކައިލް ހުރީ އަފާގެ ގޭ ކައިރީގައެވެ. ކައިލް ދިޔައީ އޭނާގެ ބޭބެގެ ފޯނު ިހފައިގެންނެވެ.
 " ބޭރުގަ މިހުރީ." ކައިލް އަފާއަށް ގުޅިއެވެ.
" އަހަރެން މިހުރީ މަތީގައި. ހުންނާނެ ބޭރުން ސިޑިއަކުން އެރެން. މަތިން ބެލްކަނިާލފަ މިހުރީނު ކޮޓަރިއެއް. ކޭންޔޫ ކަމް؟ އަފާ  ވަރަށް ބޮލަށް އެނބުރުން އަރާ. ތިރިޔަށް ނުފޭބޭނެ. " އަފާ ބޭުނންވީ ކައިލް ގެންނާށެވެ.
ކުޑަކޮށް ފަސްޖެހުނުނަމަވެސް އަފާ ބުނެދިން ސިޑިން ކައިލް އަރަންފެށިއެވެ. ސިޑިން އެރި އިރު ކުރިމަތީ ހުރި ދޮރުގައި  ޓާކިޖަހާލިއެވެ.
"ވަދޭ. ހުޅުވާފައި." އެތެރެއިން އަޑު އިވުމުން ކައިލް ދޮރުހުޅުވާލިއެވެ. އެއާއެކު ހުރިތަނަށް ގަނޑުވިއެވެ. ސިކުނޑިއަށް ފިނިވެ  ލޯބޮޑުވިއެވެ. ކުރިމަތިން ފެންނަްނ ހުރި މަންޒަރުން ކައިލް ހުރީ ބަސް ހުއްޓިފައެވެ.
ކިޔާލާ

އިޝްތިހާރު